ބޭރު ކުޅިވަރު

ޓޮޓެންހަމްގެ ވޯކާ ސިޓީ އަށް ސޮއިކޮށްފި

Jul 14, 2017

ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅެމުންދިޔަ ފުލްބެކް ކައިލް ވޯކާ މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެ އެވެ.

ޓޮޓެންހަމްގައި 8 އަހަރު ހޭދަކުރުމަށް ފަހު ވޯކާ ،27، ސިޓީ އަށް ބަދަލުވީ 45 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. ވޯކާ ވަނީ ސިޓީއާއެކު ފަސް އަހަރު ދަށުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

"ވަރަށް އުފާވެއްޖެ ސިޓީ އަށް ކުޅުމުގެ ފުރުސަތު ލިބުނީމަ،" ވޯކާ ބުންޏެވެ. "ސިޓީގެ ކޯޗު ގާޑިއޯލާ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އިހުތިރާމް ލިބިފައިވާ ކޯޗެއް."

ޝެފީލްޑް ޔުނައިޓެޑުން 2009 ވަނަ އަހަރު ޓޮޓެންހަމް އަށް ބަދަލުވި ވޯކާ ވަނީ އެ ކްލަބަށް ޕްރިމިއާ ލީގުގައި 183 މެޗު ކުޅެފަ އެވެ.

މިދިޔަ ސީޒަނަށް ފަހު ސިޓީން ބަކާރީ ސަންޔާ އާއި ޕަބްލޯ ޒަބަލެޓާ ދޫކޮށްލުމުން، އެ ކްލަބުން ދިޔައީ ރައިޓް ބެކެއް ހޯދަން މަސައްކަތްކުރަމުންނެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބްރެޒިލްގެ ޑެނީ އަލްވޭސް ގެންނަން ބޭނުންވި ނަމަވެސް، އަލްވޭސް ވަނީ ޕީއެސްޖީ އަށް ބަދަލުވެފަ އެވެ.

ސިޓީން ވަނީ ކުރިއަށް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މޮނާކޯ އަށް ކުޅެމުންދިޔަ ޕޯޗުގަލްގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އާއި ބެންފީކާގެ ގޯލްކީޕަރު އެޑަސަން މޮއާރެސް އެ ޓީމަށް ގެނެސްފަ އެވެ.