ހަބަރު

ރައީސް މައުމޫން ރާއްޖެ ވަޑައިގެންފި

ދާދިފަހުން ސިންގަޕޫރަށް ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ރާއްޖެ ވަޑައިގެންފި އެވެ. ގިނަ ދުވަސްތަކެއް ފަހު އިންްޑިޔާގައި އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތުމަށް ފަހު އަލުން ސިންގަޕޫރަށް ރައީސް މައުމޫން ވަޑައިގަތީ މިދިޔަ ހަފްތާ ހޮނިހިރު ދުވަހުގަ އެވެ.

ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގަތީ އާއިލީ އަމިއްލަ ބޭނުމެއްގަ އެވެ. އެމަނިކުފާނު މިރޭ ރާއްޖެ ވަޑައިގެންނެވި އިރު، އެއާޕޯޓްގައި އެމަނިކުފާނަށް މަރުހަބާ ދަންނަވަން އިދިކޮޅު ލީޑަރުންނާއި މަޖިލީހުގެ ބައެއް މެންބަރުން ތިއްބެވި އެވެ. މައުމޫން މާލެ ވަޑައިގަތުމަށް ފަހު ކާރުކޮޅުގައި ވަޑައިގަތީ އެވެ.

މީގެ ކުރިން ރައީސް މައުމޫން އިންޑިޔާއަށް ވަޑައިގަތީ އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޯފުޅު ފަރީޝާ އިބްރާހިމް ކެންސަރަށް ފަރުވާ ހޯއްދަވަން ރާއްޖެއިން ބޭރުގައި ހުރުމުންނެވެ. މައުމޫން ރާއްޖެ ވަޑައިގެންނެވީ ފަރީޝާ އަވަހާރަވެ، ޖަނާޒާގެ ކަންކަން ނިމުމުން އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތް އިރު އިދިކޮޅު އިސް ފަރާތްތައް އެފަހަރު ވެސް އެމަނިކުފާނަށް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވި އެވެ.