ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރަން 3.6 މިލިޔަން ކުވަައިތު ދީނާރު (ގާތްގަނޑަކަށް 12.2 މިލިޔަން ޑޮލަރު) ގެ ލޯނެެއްދޭން ކުވޭތު ފަންޑު ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓް (ކޭއެފްްއޭއީޑީ) އިން އެއްބަސްވެއްޖެ އެވެ.
ކުވައިތު ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ކޫނާ އިން ބުނީ ލޯނު ދިނުމުގެ އެއްބަސްވުމުގައި ކުވައިތު ކޭއެފްއޭއީޑީއާއި ދިވެހި ސަރުކާރުން ސޮއިކުރީ ބުރާސްފަތި ދުވަހު ކަމަށެވެ. އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރެވެ. ކޭއެފްއޭއީޑީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ ޑައިރެކްޓާ ޖެނެރަލް ހިޝާމް އަލް ވުގަޔާން އެވެ. ރާއްޖެއަށާއި ސްރީލަންކާއަށް ކުވައިތުން ކަނޑައަޅާފައި ހުންނަވާ ސަފީރު ޚަލަފް ބުރޫބަރު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ކޭއެފްއޭއީޑީން ނެރުނު ބަޔާނާ ހަވާލާދީ ނޫހުން ބުނީ އެފަންޑުން ލޯނުގެ ގޮތުގައި ދޭ ފައިސާއިން ހިންގާ މަޝްރޫއުގައި ފުވައްމުލަކުގެ އިރުމަތީ ފަރާތު ގޮނޑުދޮށުގައި ތިން ކިލޯމީޓަރުގެ ބޮޑުހިލައިގެ ތޮށްޓެއް ލާނެ ކަމަށެވެ. ތޮށި ލާނީ 2.8 މީޓަރުގެ އުސްމިނުގައި ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް ކުވައިތު ފަންޑުން ކުރިން ވެސް އެހީތެރިވެދީފައި ވެއެވެ.