ބޮލީވުޑް

ދިޕިކާ މާބޮޑަށް ހިކުނީތަ؟

Jul 16, 2017
1

ބަތަލާ ދިޕިކާ ޕަދުކޯން ވަރަށް އަވަދިނެތި އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ ތާރީހީ ލޯބީގެ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިންގައި ހަރަކާތްތެރިވަމުންނެވެ.

މި ފިލްމުގެ ޝޫޓިންގައި ބުރަކޮށް އުޅެން ޖެހުމުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބޮލީވުޑްގެ އެންމެ ޝަރަފުވެރި އެވޯޑް، އިންޑިއަން އިންޓަނޭޝަނަލް ފިލްމު އެވޯޑްގައި ވެސް ދިޕކާ އަށް ވަނީ ބައިވެރިނުވެވިފަަ އެވެ.

ކިތަންމެ ބުރަކޮށް އުޅުނު ނަމަވެސް ދިޕިކާ ވަނީ މީގެ ދެދުވަސްކުރިން އޭނާ މިފަހުން ޔޫކޭގެ މެގަޒިނެއް ކަމަށްވާ ވެނިޓީ ފެއާ އަށް ގަހަނާ ބްރޭންޑަކަށް ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފަ އެވެ.

ކަޅުކުލައިގެ ސްލިޕް ހެދުމެއްގައި ކަރުގައި ޑައިމަންޑް ފަށެއް އަޅައިގެން ހުއްޓާ ނަގާފައިވާ ފޮޓޯ ދިޕިކާ އިންސްޓަގްރާމަށް ލައި ބެލުންތެރިންނަށް ދޫކޮށްލުމާ އެކު އޭނާ އަށް ފާޑުކިޔުންތައް އޮހިގަތީ ބުނެފައެއްނޫނެވެ.

ހިންދީ ފިލްމަކަށް 2015 ވަނަ އަހަރު ނިކުތް "ބާޖީރާއޯ މަސްތާނީ" އިން އެންމެ ފަހުން ފެނިގެން ގޮސްފައިވާ ދިޕިކާ އަށް ފާޑުކިޔާފައިވާ ފަރާތްތަކުން އޭނާ އަށް ފާޑުކިޔާފައިވަނީ މާ ހިކިކަމަށް ބުނެ އެވެ.

އެއްބަޔަކު ދިޕިކާ ކެއުންބުއިމުގެ އާދަތަކަށް ފާޑުކިޔަމުން ވަނީ އޭނާ ހީވަނީ ކާންނުލިބޭ މީހެއް ކަމަށް ބުނެފަ އެވެ. އަދި އަނެއް ބަޔަކު އޭނާ މިހާރު ހިކިކަމުން ކަރުގެ ކަށިތައް ވެސް ވަރަށް ބޮޑަށް ފާޅުވާން ހުންނަ ކަމަށާއި ދިޕިކާ އަށް ބަލާލުމުން ހީވަނީ ގިނަ ދުވަސް ވަންދެން ކާން ނުލިބި ހުރި މީހެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ހާމަކޮށްފައިވެ އެވެ. އަދި މާބޮޑަށް އަނަރޫފަވެފައިވާއިރު މޫނުމަތިން ވެސް ފެންނަނީ ވަރަށް ވަރުދެރަ ކަމުގެ އަސަރު ކަމަށް ދިޕިކާ އަށް ފާޑުކީ މީހުން ބުނެފައިވެ އެވެ.

ދިޕިކާ ކުރިން ހުރިލެއް މާ ރީތި ކަމަށް ބުނަމުން ބައެއް ފަރާތްތަކުން ވަނީ މިހާރު ހަށިގަނޑުން ފެންނަނީ ހުސް ކަށިތައް ކަމަށާއި އޭނާ ހެޔޮ އެދޭ ބައެއް މީހުން ވަނީ ރަނގަޅަށް ކެއުމަށް ދިޕިކާ ކުރެން ފޮޓޯ އަށް ކުރި ކޮމެންޓުގައި އެދިފަަ އެވެ.

މިފަހުން ދިޕިކާ އިންސްޓަގްރާމްގައި ނިވާކަން ކުޑް ހެދުމެއްގައި އިން ފޮޓޯއެއް ޕޯސްްޓްކޮށްގެން ވެސް ވަނީ ފަޑުކިޔުންތައް އަމާޒުވެފަ އެވެ. އަދި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އިންޑިއާގެ ބޮޑު ވަޒީރާ ބައްދަލުކުރިއިރު ކަކޫ ފެންވަރުގެ ކުރު ހެދުމެއް ލައިގެން ހުރުމުން ވަނީ އޭނާ ހޫނު ފަނަށް ވައްޓާލާފަ އެވެ.

ދިޕިކާގެ މިފަހުގެ ފޮޓޯތަކަށް ބަލާލުމުން އޭނާ ކުރިއަށް ވުރެން ވަރަަށް ބޮޑުތަން ހިކިކަން ފާހަގަވެ އެވެ ފަހަރުގައި މިއީ "ޕަދްމާވަތީ" ގައި އޭނާ ކުޅޭ ރޯލަށް ހަށިގަނޑަށް ގެނައި ބަދަލަކަށް ވެސް ވެދާނެ އެވެ

މަޝްހޫރު ބަތަލާއިންނަކީ އަބަދުވެސް އެމީހުން ހަށިގަނޑު ނިކަން ލޫޅާފަތިކޮށް ބަހައްޓަން މަޖުބޫރުވެފައިވާ ބައެކެވެ.