ހަބަރު

ގާސިމްގެ ޝަރީއަތް މިއަދު 2:00 އަށް ތާވަލުކޮށްފި

Jul 16, 2017
2
ގާސިމް - އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށް އިމިގްރޭޝަނުން ބުނެފި-- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ މައްޗައް ދައުލަތުން އުފުލާަފައިވާ ދައުވާތަކާ ގުޅިގެން މިއަދު 2:00 ހާއިރު ޝަރީއަތެއް ބާއްވަން ތައާވަލުކޮށްފި އެވެ.

ޝަރީއަތް ބޭއްވުމަށް ހަމަޖެހިފައިވާ ކަމުގެ ޗިޓު ކޮޅު އެމަނިކްފާނަށް ލިބިވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ކުރިން އެ ޝަރީއަތް ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެވެ. އަދި އެ ދައުވާތަކާ ގުޅޭ ލިޔުންތައް އެ ދުވަހު ވަނީ ދެ ފަރާތުން ބަދަލުކޮށްފަ އެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ. ގާސިމްގެ މައްޗަށް އަނެއްކާ ވެސް ދައުވާ ކުރަން ޕީޖީ ކްރިމިނަލް ކޯޓަށް މައްސަލަތައް ފޮނުއްވީ އެ ތިން ދައުވާގެ އަޑުއެހުމަށް ޕީޖީގެ ވަކީލުން ހާޒިރުނުވުމުން އެ މައްސަލަތައް ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާ ބޭރުކޮށްލުމުން އެވެ.

އެގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލިތާ މާގިނައިރެއް ނުވެ ސުޕްރީމް ކޯޓުގެ އެދުމަކަށް ކަމަށް ބުނެ ޖޭއެސްސީ އިން ވަނީ އެ ކޯޓްގެ އިސްގާޒީ އަދި ގާސިމްގެ މައްސަލަ ބެލި ބެންޗްގައި އިސްކޮށް ހުންނެވި ގާޒީ އަބްދުލްބާރީ ޔޫސުފު ޖުވަނައިލް ކޯޓަށް ބަދަލުކޮށްފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފަޅުވެރިން

މަޖްލީހުން ފާސްކުރަންވީ "ކުށްވެރިވުމުން އިސްތިސްނާވާ މީހުންނާ ބެހޭ ޤާނޫނު" މިނަން ކިޔާ ޤާނޫނެއް! އެޤާނޫނުގައި ޖަހަންވާނެ ކެނެރީގޭ މުޙައްމަދު ނަޝީދު، ޤާސިމް އިބްރާހީމް، ފާރިސް މައުމޫން، ތިމަރަފުށީ ޢަބްދުﷲ ރިޔާޒް، ކާނަލް ނާޒިމް، ބްރޯ އަދީބު، ކޮޅުފުށީ ޢިމްރާން ޢަބްދުﷲ، މައުމޫން ޢަބްދުލްޤައްޔޫމް، މިމީސްމީހުންނަކީ މަޢުޞޫމް މީހުންކަމާއި، މިއިން އެއްވެސް މީހަކު ކިތަންމެ ބޮޑު ކުށެއް ކުރިއަސް އެމީހުން ކުށްވެރި ނުވާނެކަމަށް! މިއީ މިމީހުން ބޭނުންވެގެން އުޅޭ ގޮތަކީ! މިކަމަށްޓަކައި މިމީހުން މިހާރު ޤައުމުގައި ހައިޖާނު އުފައްދައި، ފަސާދަ ކުރަމުންދަނީ! ޤާސިމް އިބްރާހީމް ހިންގަމުން އެގެންދަނީ ކޮންފަދަ ބޮޑެތި ޖަރީމާތަކެއް؟ ސަރުކާރަށް ދައްކަންޖެހޭ އެތައް ސަތޭކަ މިލިއަން ޑޮލަރެއް ނުދައްކާހުރުން އެއީ ކޮންފަދަ ބޮޑު ޖަރީމާއެއް؟ ރައްޔިތުންގެ ސިޔާސީ ޕާޓީއެއް ކަމުގައިވާ ޖުމްހޫރީ ޕާޓީ، ވިލާގެ ސެކްޝަނެއްގެ ގޮތުގައި ހިންގުން އެއީ ކޮންފަދަ ބޮޑު ޖަރީމާއެއް؟؟ މިހެންގޮސް ކިތައް ކަންތައް؟؟

މަހުދީ

ހާދަހާ ވާ ސްޕީޑޭ، ރައީސް ބުންޏަކަށް ކިހިނެއް ޤަބޫލްކުރަނީ ކޯޓުތަކަކީ މިނިވަންތަންތަން ކަމަށް، މިގައުމު ޖެހޭ ބަޔަކު މިނޫންގޮތަކަށް އިސްލާހުކުރަން.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345