އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ މިނިއަޕޮލިސް ނަމަކަށް ކިޔާ ރަށުގައި ދިރިއުޅުނު އޮސްޓްރޭލިއާ އަންހެނެއްގެ ގަޔަށް އެމެރިކާ ފުލުހަކު ބަޑި ޖަހައި އޭނާ މަރާލައިފިއެވެ.
މެނެސޯޓާ ބިއުރޯ އޮފް ކްރިމިނަލް އެޕްރިހެންޝަން( ބީސީއޭ) އާ ހަވާލާދީ ބީބީސީ ބުނީ މަރުވި އަންހެން މީހާ ދިރިއުޅު ތަނަށް ފުލުހުން ގުޅީ އެތަނުގައި ހަމަލާއެއް ދޭ ކަމަށް ބެލެވިގެން އަންހެން މީހާ ގުޅުމުން ކަމަށެވެ. އަދި އެތަނުގައި ފުލުހުން ހަތިޔާރު ބޭނުން ކުރުމުގެ ތެރޭގައި އަންހެންމީހާގެ ގަޔަށް ހަމަލާއެއް އެރީ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.
ހޮނިހިރު ދުވަހު ހިނގި އެހާދިސާ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި ހަމަލާ ދިން ފުލުސްމީހާގެ ގައިގާ ހަރުކޮށްފައިވާ ކެމެރާ ، ހާދިސާ ހިނގި އިރު ހުރީ ނުޖައްސައި ކަމަށް ވެސް ބީސީއޭއިން ވަނީ ބުނެފައެވެ.
މަރުވި އަންހެންމީހާގެ ވަނަވަރު ފުލުހުން އަދި ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އޮސްޓްރޭލިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިގާ ގޮތުގައި މަރުވިމީހާގެ އުމުރަކީ 40 އަހަރެވެ. އޭނާ މިނިއަޕޮލިސްގައި ދިރިއުޅެމުން ދިޔައީ ބައިވެރިޔާއާ އެކީގައި ކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.
އެމެރިކާ ފުލުހުންގެ އަތުން އާއްމުންގެ އެތައް ބަޔަކު ކޮންމެ އަހަރަކު މަރުވެއެވެ.