ރާއްޖެ

ކޮޅުމަޑުލު މަހާސިންތާ ބާއްވައިފި

ތ. އަތޮޅުގެ ބާރަ ރަށު ކައުންސިލަރުންނާއި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްސަސާތަކާއެކު "ކޮޅުމަޑުލު މަހާސިންތާ" ބާއްވައިިފި އެވެ.

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއިން ބުނީ އަތޮޅުގެ 12 ރަށު ކައުންސިލުންނާއި، ވޭމަންޑޫގައި ހުރި ސަރުކާރުގެ ބައެއް މުވައްސަސާތަކުން 50 މުވައްޒަފުން ބައިވެރިވެފައިވާ ކަމަށާއި މި ބައްދަލުވުމުގެ މަގުސަދަކީ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުން ކަމަށެވެ.

ސިލްސިލާކޮށް އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ އަތޮޅު މަހާސިންތާގެ މިއީ ބާއްވާ ހަތް ވަނަ ފަހަރެވެ. މި މަހާސިންތާގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ ދަރުމަ އަށް މަސައްކަތްކުރުމު ގެރޮނގުން އާއްމު ހިދުމަތަށް ހިތްވަރުދިނުމުގެ އިނާމު ލިބިލައްވާފައިވާ ޙަސަން ޝިޔާމާއި ސަން އައިލެންޑް ރިސޯޓުގެ އެސިސްޓެންޓް މެނޭޖަރ ޒިޔާނާ ޢަބްދުލްމަޖީދު އެވެ.

މަހާސިންތާގައި ބައިވެރިވެފައިވަނީ ކައުންސިލްތަކުގެ ރައީސުންނާއި، ޒިންމާދާރު ވެރިންނާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއިންނާއި އަދި ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންނެވެ.