ފިނިޕޭޖް

މިރަންޑާ ކާ، ސްނެޕް ޗެޓްގެ ފައުންޑާއާ ކައިވެނިކޮށްފި

Jul 18, 2017

ވިކްޓޯރިއާ ސީކްރެޓްގެ ކުރީގެ މޮޑެލް މިރަންޑާ ކާ، މަޝްހޫރު ސޯޝަލް އެޕްލިކޭޝަން ސްނެޕް ޗެޓްގެ ފައުންޑާ އެވަން ސްޕީގަލް އާ ކައިވެނިކޮށްފި އެވެ. އެ ދެމީހުން ކައިވެނިކޮށްފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.

ގާތް އެކުވެރިންނާއި އާއިލާ މީހުންނާއެކު ޖުމްލަ 45 މީހުންގެ ހާޒިރުގައި ކުރި ކައިވެނީގެ ރަސްމިއްޔާތުގެ އެއްވެސް ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރުން އޮތީ މަނާކޮށްފަ އެވެ.

މިރަންޑާގެ ކައިވެނީގެ ފޮޓޯއެއް އެންމެ ފުރަތަމަ ޝެއާ ކޮށްފައިވަނީ އޭނާގެ އޮފިޝަލް އިންސްޓަގްރާމް ގައި އިއްޔެ އެވެ. ޑިއޯގެ ހިތްގައިމު ހުދުކުލައިގެ ވެޑިން ޑްރެސް އެއްގައި މިރަންޑާ ހުރިއިރު، އެވަން ވެސް ލައިގެން ހުރީ ޑިއޯގެ ސޫޓެކެވެ. މިރާންޑާގެ ވެޑިން ޑްރެސް ފަހައިދީފައިވަނީ މޝަހޫރު ޑިޒަނަރު މާރިއާ ގްރޭޒިއާ އެވެ. އެ ހެދުން މިރާންޑާ ސިފަކޮށްފައިވަނީ އޭނާގެ "ޑްރީމް" ވެޑިން ޑްރެސްގެ ގޮތުގަ އެވެ. އެ ހެދުމަކީ 1956 ވަނަ އަހަރު ކުރި ޝާހީ ކައިވެނީގައި އޭރުގެ މަޝްހޫރު އެކްޓަރު ގްރޭސް ކެލީގެ ހެދުމުން އިންސްޕަޔާވެގެން ފަހާފައިވާ ހެދުމެއް ކަމަށްވެ އެވެ.

އުމުރުން 34 އަހަރުގެ މިރަންޑާ އާއި އެމެރިކާއަށް އުފަން ބިލިއަނަރު އެވަން 27، އާ އެންގޭޖްވެފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެވެ.

އޮސްޓްރޭލިއާ އަށް އުފަން މިރަންޑާ މީގެ ކުރިން ކައިވެނިކޮށްފައިވަނީ މަޝްހޫރު އެކްޓަރު އޮރްލާންޑޯ ބްލޫމްއާ އެވެ. އެ ކައިވެންޏަށް ވަނީ ފިރިހެން ކުއްޖަކު ލިބިފަ އެވެ.