ކުޅިވަރު

ޗެލްސީއާއެކު ކޮންޓޭ އެއްބަސްވުން އާކޮށްފި

Jul 19, 2017

ޗެލްސީގެ ކޯޗް އިޓަލީގެ އެންޓޯނިއޯ ކޮންޓޭ، ޗެލްސީއާ އާއެކު ހަދާފައިވާ އެއްބަސްވުމަށް އިތުރަށް ދެ އަހަރު އިތުރުކޮށް އާ އެއްބަސްވުމުގައި ސޮއި ކޮށްފި އެވެ.

މިދިޔަ އަހަރު، ޗެލްސީއާއެކު، ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކުރި، ކޮންޓޭ އާ އެއްބަސްވުމުގެ ދަށުން، 2021 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޗެލްސީގައި މަޑު ކުރާނެ އެވެ. މިދިޔަ އަހަރު ޗެލްސީއަށް ކުރިމަތިވި ނާކާމިޔާބައެކު، ކޮންޓޭ ލައްވައި އާ އެއްބަސްވުމެއްގައި ސޮއި ކުރުވުމަށްފަހު، ޗެލްސީން އޭނާގެ މަސްއޫލއިްޔަތެއް ކަމަށް ކަނޑައެޅީ ޗެލްސީގެ ސްކޮޑް ހަރުދަނާ ކޮށް ކާމިޔާބު ހޯދުމެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގް އޭނާ ވަނީ ޗެލްސީއަށް ހޯދައިދީފަ އެވެ.

އިޓަލީގެ ޔުވެންޓަސްއަށް ޖެހިޖެހިގެން ތިން ފަހަރު، އިޓަލިއަން ލީގް ހޯދައިން، އިޓަލީގެ ގައުމީ ޓީމުގެ ކުރީގެ ކޯޗްކަންވެސް ކުރި، ކޮންޓޭ އޭރު ބުނީ ޕްރިމިއާ ލީގް ޗެލްސީއަށް ހޯދައިދިނުމަކީ، އޭނާގެ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.

"އާ އެއްބަސްވުމުގައި ސޮއި ކުރެވުމުން އަހަންނަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ،" ކޮންޓޭ47 ބުންޏެވެ. "އަހަރެމެންގެ ކޯޗިންގެ ފުރަތަމަ އަހަރުގައި އަހަރެމެން އިތުރަށް ބުރަކޮށް މަސައްކަތް ކުރިން ތަފާތު ބޮޑު ކާމިޔާބެއް ހޯދަން، އެކުރެވުނު މަސައްކަތާ މެދު އަހަރެން ވަރަށް ފަހްރުވެރި ވަން، އެއް ވަނައިގައި ދަމަހައްޓަން އެއަށްވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭނެ."

އާ އެއްބަސްވުމުގައި ކޮންޓޭ ސޮއި ކުރި ނަމަވެސް، އޭނާގެ މަސްއުލިއްޔަތު ތަކާއި، ޗެލްސީ އާއި އޭނާ އާ ދެމެދު އެއްބަސްވެފައިވާ ޓާމްތަކަށް އިތުރު ބަދަލު ތަކެއް ގެނެސްފަ އެއް ނުވެ އެވެ.

މެއި މަހު ކޮންޓޭ ބުނެފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން އޭނާ ޗެލްސީގައި މަޑުކުރަން ބޭނުންވާ ކަމަށާއި ޗެލްސީއިން އޭނާ އަށް ފުރުސަތު ދީފިނަމަ، އެ ފުރުސަތުގެ ބޭނުން ކުރާނެ ކަމަށެވެ.