ހަބަރު

މިނިވަން ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްދިވެހި ގައުމާއި މުހާތަބު ކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުހާތަބު ކުރައްވާނީ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކަމަށެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ހެވިކަމާއި ކުޅިވަރުގެ ރަސްމިއްޔާތު އޮންނާނީ އެ ރޭ 9:00 ޖަހާއިރު ގަލޮޅު ރަސްމީދަނޑުގަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ގައުމީ ކެޑޭޓް ކޯގެ ފަރާތުން މިނިވަންދުވަހާއި ގުޅުވައިގެން ބާއްވާ ޕެރޭޑާއި ރޫޓްމާޗް 27 ވަނަދުވަހު ހަވީރު މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެ އެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކޮށްލެއްވުން އޮންނާނީ 27 ވާ ބުރާސްފަތި ދުވަހުގެރޭ ދަރުބާރުގޭގަ އެވެ.