ހަބަރު

މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މިރޭ ދަރުބާރުގޭގައި ބާއްވަވައިފި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ފަރާތްތަކާއި ރައީސްގެ ދެކަނބަލުން ވަނީ ބައްދަލު ކުރައްވައި މިނިވަން ދުވަހުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިސް ބޭފުޅުންނާއި ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިންނާއި، ސްޓޭޓް މިނިސްޓަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން އަދި ބޭރުގެ އިތްޒަތްރިން ބައިވެރިވެވަޑައިގެންނެވި އެވެ.