ހަބަރު

ފާރިސް ދިރިއުޅުއްވާ ގޭގެ ޑީވީއާރު ފުލުހުން ގެންގޮސްފި

Jul 19, 2017
2

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ދިރިއުޅުއްވާ ގެ، މ.ސްނޯރޯސް އަށް ފުލުހުން މިއަދު ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގޭގެ ސީސީޓީވީ ފްޓޭޖްތައް ހުރި ޑީވީރާ ގެންގޮސްފި އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމަކާއި އިންވެސްޓިގޭޝަން އޮފިސަރުން ހިމެނޭ ޓީމެއް ސްނޯރޯސްއަށް ދިޔައީ ފާރިސްގެ ބަންދުގެ މުއްދަތު އިތުރު ކުރުމުގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިިމިނަލް ކޯޓްގައި ކުރިއަށް ދަނިކޮށެވެ. ފުލުހުން ކޯޓު އަމުރު ދެއްކުމަށް ފަހު އެ ގޭގެ ޑީވީއަރު ފުލުހުން މިހާރު ވަނީ ގޮސްފަ އެވެ. ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައިވާ ގޮތުން 30 ދުވަހުގެ މުއްދަތަށް ޑީވީއާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިދާނެ އެވެ.

އެގެ ފާސްކުރަން ދިޔަ އިރު، ފާރިސްގެ ބަންދުގެ މުއްދަތު ޖެހުމަށް އޭނާ މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ބަންދުގެ މަޖިލިސް ފަށައިފަ އެވެ. ފާރިސް ހައްޔަރުކޮށްފައި ވަނީ، އޭނާ ދިރިއުޅެމުން އައި އެޕާޓްމަންޓް ބަލައި ފާސްކުރުމަށް ފަހު އިއްޔެ އެވެ.

ފާރިސްގެ މައްޗަށް ތުހުމަތު ކުރަނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އެ ދައުވާ އަށް އޭނާ އިންކާރު ކުރައްވަ އެވެ. މީގެ އިތުރުން ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ފުލުހުން ވަނީ އުފުލައިފަ އެވެ.