ހަބަރު

ޝަރީއަތް ނިމެންދެން ފާރިސް ބަންދު ކުރަން ކޯޓުން އަމުރުކޮށްފި

Jul 19, 2017
3

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. އޭނާގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ތުހުމަތުގައި އަދި ކުރިއަށް ދަނީ ތަހުގީގުގެ މަރުހަލާ އެވެ.

ޝަރީއަތް ނިމެންދެން ފާރިސްގެ ބަންދުގެ މުއްދަތު އިތުރު ކުރިކަން އޭނާގެ ވަކީލުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އެހެން ނަމަވެސް ރިޝްވަތުގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލިކަމެއް އަދި ނޭނގެ އެވެ. އެ މައްސަލައިގައި ހެކި ހޯދުމަށް ފާރިސް ދިރިއުޅުއްވާ މ. ސްނޯރޯޒްގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓް ވަނީ ފުލުހުން އިއްޔެ ބަލައި ފާސްކޮށްފަ އެވެ. އަދި މިއަދުގެ ވަގުތެއްގައި އެގެއަށް ފުލުހުން އަނެއްކާ ވެސް ގޮސް ކޯޓް އަމުރެއްގެ ދަށުން އެ ގޭގެ ސީސީޓީވީ ފްޓޭޖްތައް ހުރި ޑީވީއާރު ވަނީ ގެންގޮސްފަ އެވެ.