ދުނިޔެ

ކަތިލައިފާނެތީ ހިމާޔަތްކުރަން ގެންދިޔަ ގެރިތަކެއް ބަނޑަށް މަރުވަނީ

ހިންދޫ އިން އެ އެެއްޗަކަށް އަޅުކަން ކުރާ ޖަނަވާރެއް ކަމަށްވާ ގެރި ކަތިލަން ގެންދާ މީހުން އަތުން އަތުލައިގެން ގެންގޮސް ހިމާޔަތް ކުރަން ބައިތިއްބާފައި ތިބި ތަނެއްގައި ގެރިތަކެއް މަރުވެއްޖެއެވެ.

އޮފިޝަލުންނާ ހަވާލާދީ ހިންދުސްތާން ޓައިމްސް ނޫހުން މިއަދު ބުނީ އިންޑިއާގެ އުތުރުގައިވާ އަންދުރަޕްރަދޭޝްގެ ގޯދާވަރީ ޑިސްޓްރިކްޓްގެ ކައިރީގައިވާ ކަކިނަޑާ ނަމަކަށް ކިޔާ ރަށުގައި ހުރި ، ޖަނާވަރުތަކަށް ހިޔާވަހިކަންދޭ ހިޔާވައްސެއްގައި 30 އެއްހާ ނައަމް ސޫފި ބަނޑަށް މަރުވެގައިވާ ކަމަށެވެ. އަދި ބުނީ ކަތިލަން ނުވަތަ ވިއްކަން މީހުން ގެންދަނިކޮށް، ގެނެސްފައިވާ ގެރިތަކެއް ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ނަޖިހުން ތަތްތެޅިފައިވާ ނައަމްސޫފިތަކުގެ ހަށިތައް ބުދަދުވަހު އޮފިޝަލުންނަށް ފެނުނީ ސޮސައިޓީ ފޯ ޕްރިވެންޝަން އޮފް ކްރުއަލްޓީ ޓުވާޑްސް އެނިމަލްސް ( އެސްޕީސީއޭ) ނަމަކަށް ކިޔާ ޖަމާއަތަކުންް ހިންގާ ހިޔާވައްސަކުންނެވެ.

" އަންގާދަ ދުވަހު މަރުވި 14 ނައަމްސޫތްޕެއްގެ ހަށިތައް އަހަރެމެންނަށް ވަނީ ފެނިފައި. އިތުރު ހަތަރު ނައަމް ސޫފި ބުދަދުވަހު މަރުވި،" އެނިމަލް ހަޒްބެންޑަރީ ޖޮއިންޓް ޑައިރެކްޓަރު ވީ ވެންކަޓޭޝްވަރް ރާއޯ ބުނި ކަމަށް ހިންދުސްތާން ޓައިމްސްގެ ހަބަރުގައި ވެއެވެ. ރާއޯ އެހެން ބުނި ނަމަވެސް އިއްޔެގައި 11 ޖަނަވާރު މަރުވިކަން އެހެން މަސްދަރުތަކުން އެނގިފައިވާ ކަމަށް ހަބަރުގައި ވެއެވެ.

ރާއޯ ބުނެފައި ވަނީ ހިޔާވަހީގައި މަރުނުވެ ތިބި ގާތްގަނޑަކަށް 400 ޖަނަވާރުގެ ތެރެއިން ގިނަ އެއްޗެތި ތިބީ ވަރަށް ބަލިކޮށެވެ. އޭގެ ތެރެއިން 22 ޖަނަވާރު ރައްކާތެރި އެހެން ތަނަކަށް ބުދަދުވަހު ގެންގޮސްފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. ބުރާސްފަތި ދުވަހު އިތުރު ޖަނަވާރުތައް ރައްކާތެރި ތަންތަނަށް ގެންދާނެ ކަމަށް ވެސް ބުނެގައި ވެއެވެ.

ޖަނަވާރުތައް މަރުވި އިރު ހިޔާވަހީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ.

" މެދުތެރޭގައި ނެތް ކާނާއެއް ވެސް ފެނެއް ވެސް. ފެންނަ ގޮތުން ޖަނަވާރުތައް ބަނޑަށް ތިބޭތާ ދުވަސްތަކެއް ވެއްޖެ،" ރާއޯ ބުނި ކަމަށް ނޫހުގައި ވެއެވެ.


ގެރިއާއި އެހެން ޖަނަވާރުތަކަށް ކާން ނުދީ ބައިތިއްބާފައި ހުރި އެހެން ހިޔާވައްސެއް ވެސް އިންޑިއާގެ އެކި ހިސާބުތަކުން ވަނީ ފެނިފައެވެ. އެގޮތުން އިންޑިއާގެ އެންމެ ޒަމާންވީ ހިޔާވަހި ކަމަށްވާ ކާންޕޫރު ގައުޝަލާގައި ފާއިތުވި ފަސް މަސްދުވަސް ތެރޭގައި 152 ގެރި ބަނޑަށް މަރުވި ކަމަށް ހިންދުސްތާން ޓައިމްސް އިން އިއްޔެ ރިޕޯޓް ކުރިއެވެ.

ހިޔާވަހި ތަކުގަައި އެހާ ގިނަ ގެރި ބަނޑަށް މަރުވި އިރު ގެރި ސަލާމަތް ކުރަން ކަމަށް ބުނެ އިންޑިއާގައި އެތައް މުސްލިމުންނަކާއި ހިންދޫންގެ ދެރަ މީހުން ( އިންޑިއާގައި އޮންނަ ކާސްޓް ސިސްޓަމްގައި ދެރަ ކަމަށް ބަލާ މީހުން) ވަނީ މަރާ ލާފައެވެ. ފާއިތުވި 10 އަހަރުގެ ތެރޭގައި އެގޮތަށް މަރައިލި މީހުންގެ އަދަދު 28 އަށް އަރައެވެ.