ކަސްޓަމްސް އިން ބަލަމުންދާ މައްސަލައަކާއި ގުޅޭގޮތުން އަމިއްލަ އޮފީހަކަށް ކަސްޓަމްސް އިން ވަދެ ބަލައި ފާސްކުރަން ފަށައިފި އެވެ.
ކަސްޓަމްސް އިން ބުނީ މިހާރު ބަލަމުންދަނީ އޮޑިޓް ކުރުމާ ގުޅޭގޮތުން އޮފީހެއްގައި ހުރި ލިޔެކިޔުންތަކެއް ބަލައި މައުލޫމާތުތަކެއް ހޯދުން ކަމަށެވެ. އަދި ބަލަމުންދާ މައްސަލައަކަށް ވާތީ އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ މައްސަލަ ބަލާ ނިމުމުން އެކަމާ ބެހޭ ތަފްސީލް ހާމަކުރާނެ ކަމަށެވެ.
ފުލުހުންގެ އެހީތެރިކަމާއެކު ކަސްޓަމްސް އިން ބަލަމުންދަނީ މ. ފާރޮށިގޭގައި ހުންނަ ލިޓަސް ކުންފުނީގެ އޮފީހެވެ.