ކުޅިވަރު

މޮރާޓާ ނެތި އުނދަގޫ ވާނެ، އާ ސްޓައިކަރެއް ބޭނުން: ޒިދާން

Jul 23, 2017

ޗެލްސީއަށް ވިއްކާލި، ރެއާލް މެޑްރިޑްގެ ސްޓައިކާ އަލްވާރޯ މޮރާޓާ ނެތުމަކީ ރެއާލްއަށް އުނދަގޫ ކުރިމަތިވާނެ ކަމެއް ކަމަށާއި ބަދަލުގައި އާ ސްޓައިކަރެއް ބޭނުންވާ ކަމަށް ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އެމެރިކާގައި ކުރިއަށް ގެންދާން ޕްރީ ސީޒަން ޓްއާގައި، މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް މިއަދު ކުޅޭ ޓްރެއިނިން މެޗުގެ ކުރިން ޒިދާން ބުނީ، މިދިޔަ ސީޒަންގައި މޮރާޓާ ރެއާލްގައި މުހިންމު ދައުރެއް އަދާ ކުރި ކަމަށެވެ.

ރެއާލުން ދަނީ މޮނަކޯގެ ފްރާންސްގެ ޒުވާން ސްޓައިކަރު ކިލިޔަން އެމްބަޕޭ ގެނައުމުގެ މަސައްކަތް ކުރަމުން ނެވެ. އެކަމާ ބެހޭގޮތުން ޒިދާންއާ ސުވާލު ކުރުމުން އޭނާ ބުނީ އޭނާ ވިސްނަނީ މިވަގުތު ރެއާލްގައި ތިބި ކުޅުންތެރިންނާއެކު (މިއަދު) ޔުނައިޓަޑާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗަށް އެކަނި ކަމަށެވެ.

"އޯގަސްޓް 31 އާ ހަމަޔަށް ކޮންމެ ގޮތެއްވެސް ވެދާނެ، އޭނާ [އެމްބަޕޭ] އަކީ މޮޅު ކުޅުންތެރިޔެއް، ގިނަ ކުލަބު ތަކުން ޝައުގުވެރިކަން ފާޅު ކޮށްފައިވޭ، ނަމަވެސް އަހަންނަށް މުހިންމީ [މި ވަގުތު] އަހަރެންގެ އަތުގައި ތިބި ކުޅުންތެރިންނާއެކު މިއަދުގެ މެޗަށް ނިކުތުން،" ޒިދާން ބުންޏެވެ.

ޒިދާން ބުނީ، ޑިފެންޑަރު ޑަނިލޯ ދޫކޮށްލަން ރެއާލުން އެއްބަސްވެފައިވާ ކަމަށެވެ. ޑަނިލޯ ގެންދަން، ކުރިން ޔުވެންޓަސްއިން ވަނީ ޝައުގުވެރިކަން ފާޅު ކޮށްފަ އެވެ. ނަމަވެސް މިހާރު ޑަނިލޯ ގެންދަން މަސައްކަތް ކުރަނީ މެންޗެސްޓާ ސިޓިން ނެވެ.

ޕޯޗްގަލްގެ އަ ބޯލާ ނޫހުން، ރޮނާލްޑޯ ރެއާލް ދޫކޮށްލަން އުޅޭ ކަމަށް، މިދިޔަ މަހު އާންމު ކުރި ޚާބަރާ ގުޅިގެން، ރޮނާލްޑޯގެ ފަރާތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް، ޒިދާން ބުނީ ރޮނާލްޑޯ ރެއާލްގައި މަޑު ކުރާނެ ކަމަށެވެ.

"އަހަރެން ބޭނުމެއް ނޫން މީޑިއާއިން ދައްކާ ވާހަކައަކާ މެދު އެއްޗެއް ބުނާކަށް، ނަމަވެސް އަހަރެން ގަބޫލު ކުރާނީ ކްރިޓިއާނޯ [ރޮނާލްޑޯ] ބުނާ ވާހަކަ."

ރެއާލުން ވަނީ އެ ޓީމުގެ ހަތަރު ކުޅުންތެރިޔަކު ދޫކޮށްލާފަ އެވެ. އެއީ ޑިފެންޑަރު ޕެޕޭ އާއި ފަބިއޯ ކޮއެންޓްރާއޯ އާއި އެޓޭކިން މިޑްފިލްޑާ ހަމޭސް ރޮޑްރިގޭޒް އާއި ސްޓާއިކަރު މޮރާޓާ އެވެ. ދެން މި ލިސްޓަށް އިތުރު ވަނީ ޑަނިލޯ އެވެ.

އެ ޓީމުން ގެނެސްފައި ވަނީ، އެތުލެޓިކޯ މެޑްރިޑްގެ ތިއޯ ހެނާންޑޭޒް އާއި ރެއާލް ބެޓިސްގެ ޑެނީ ސެބައްޔޯސް އެވެ. ދެން ގެނައީ ރެއާލްގެ ކޮންޓްރެކްޓްގައި ހުރެ، ލޯން އެއްބަސްވުމުގެ ދަށުން އެހެން ޓީމުތަކަށް ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ އަލްވޭސް އަށް ކުޅުނު މާކޯސް ލޮރެންޓީ ޖަރުމަންގެ ފްރެންކްފާޓަށް ކުޅުނު ޖީސަސް ވެލޭހޯ