ވިޔަފާރި

ޓްރެވަލް އެވޯޑު ޕްރޮމޯޓް ކުރަން އިންޑިޔާގެ ކުންފުންޏެއް

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޓްރެވަލް އެވޯޑު ޕްރޮމޯޓު ކުރަން އިންޑިޔާގެ ޕީއާރު ކުންފުންޏެއް ހަމަޖައްސައިފި އެވެ.

މަޓާޓޯއިން ބުނީ 2012 ވަނަ އަހަރުން ފެށިގެން ޓޫރިޒަމަށް ހާއްސަކޮށް ދެމުން ގެންދާ "މޯލްޑިވްސް ޓްރެވަލް އެވޯޑު" ޕްރޮމޯޓް ކުރަން އިންޑިޔާގެ "ތިންކް ސްޓޯބެރީ" ކުންފުނި ހަމަޖައްސާފައިވާ ކަމަށެވެ.

"ތިންކް ސްޓޯބެރީ" އަކީ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ޖޯޑަން ޓޫރިޒަމް ބޯޑު ފަދަ ކުންފުނިތަކާއެކު ޕްރޮމޯޝަން ހަރަކާތްތައް ހިނގާ މަޝްހޫރު ކުންފުންޏެކެވެ.

މަޓާޓޯއިން ވަނީ މޯލްޑިވްސް ޓްރެވަލް އެވޯޑު އިޝްތިހާރު ކުރުމުގެ ގޮތުން، ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިގޮތުން އިންޑިޔާގެ ޓްރެވަލް ލިއުންތެރިން ޓްރެވަލް އެވޯޑު އޮންނަ ދުވަހަށް ގެންނާނެ އެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ގާލާ ނައިޓް ބާއްވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ.