ހަބަރު

ގާސިމް ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފި

މިރޭ ބާއްވަން ހަމަޖެހިފައިވާ ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ޝަރީއަތުގެ އަޑުއެހުން ސިއްރު ކުރަން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ގާސިމް އިބްރާހީމަށް ޝަރީއަތުން ކުރާ ދައުވާ އަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ރިޝްވަތުދިން ކަމުގެ ތުހުމަތެވެ. މިއަދު ހެނދުނު އެ ޝަރީއަތުގެ އަޑުއެހުމެއް ތައާވަލު ކޮށް ބޭއްވި ނަމަވެސް އަޑުއެހުމަށް ގާސިމްގެ ވަކީލުން ހާޒިރުނުވުމުން މިރޭ 8:30 ގައި ވަކީލުން ހަމަޖައްސައި އަޑުއެހުމެއް ބޭއްވުމަށް ޝެޑިއުލް ކުރިކަން ގާޒީ އިއުލާން ކުރި އެވެ.

ޝަރީއަތުގެ މަޖިލީހުން މިއަދު ނިންމި ގޮތުގައި ގާސިމްގެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނީ އެ ކޯޓުން މައްސަލަ ބާތިލްކުރި ހިސާބުން ފެށިގެން އެވެ. ކްރިމިނަލް ކޯޓުން ގާޒިމްގެ މައްސަލަ މީގެ ކުރިން ބޭރު ކުރީ ޕީޖީގެ ވަކީލުން ހާޒިރު ނުވި ކަމަށް ބުނެ އެވެ.

ގާސިމްގެ މައްޗައް ކުރާ ދައުވާތަކަކީ ރިޝްވަތު ދިނުމުގެ ހުށަހެޅިކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުން އަދި ވޯޓް ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށް ކުރާ ދައުވާ އެވެ.