ލައިފްސްޓައިލް

މައިކަލް ކޯސް އިން 1.2 ބިލިއަން ޑޮލަރަށް ޖިމީޗޫ ގަނެފި

Jul 27, 2017

މަޝްހޫރު ލަގްޒަރީ ބްރޭންޑް މައިކަލް ކޯސް އިން 1.2 ބިލިއަން ޑޮލަރަށް ޖިމީޗޫ ގަނެފި އެވެ.

ބްރިޓިޝް ލަގްޒަރީ ބްރޭންޑް ޖިމީ ޗޫ ގެ ފައިވާނާއި ބޫޓުތަކަކީ ގިނަ ސެލްބެރިޓީންނާއި މަޝްހޫރު ޝަޚުސިއްޔަތުންގެ މެދުގައި ވެސް މަގުބޫލު ބްރޭންޑެކެވެެ. އަދި މިއީ ޕްރިންސަސް ޑަޔާނާގެ ވެސް އެންމެ މަގުބޫލު ބްރޭންޑްކަމަށް ވެއެވެ.

ޖިމީޗޫ އަކީ ފައިވާނުގެ އިތުރުން ސެންޓާއި ދަބަހާއި ހެދުން ވެސް އުފައްދާ ފެޝަންގެ ދުނިޔޭގައި ވެސް މަޝްހޫރު ބްރޭންޑެކެވެ. ނަމަވެސް މި ފަހުން އެ ބްރޭންޑްގެ ވިޔަފާރި ވަނީ ވަރަށް ބޮޑަށް ދަށް ވެގެން ގޮސްފަ އެވެ.

ޖިމީޗޫ ވިއްކާލުމަށް ހުޅުވާލި ބިޑް މައިކަލް ކޯސް އިން ކާމިޔާބު ކޮށްފައިވާ ކަން މިދިޔަ އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފަ ވެއެވެ. ޖިމީޗޫ ބްރޭންޑް މައިކަލް ކޯސް އިން ގަތް ނަމަވެސް 2012 ވަނަ އަހަރު އެ ކުންފުންޏަށް އައްޔަން ކުރި ސީއީއޯ ޕިއެރޭ ޑެނިސްގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ.

މައިކަލް ކޯސް އިން ބުނެފައިވަނީ ވޭތުވެދިޔަ 20 އަހަރު ފެޝަންގެ ދުނިޔޭގައި މީހުންނަށް އެނގޭ ނަމަކަށް ވެފައިވާ ޖިމީ ޗޫ ބްރޭންޑުގެ ޑިޒައިންތައް ކުރިއަށް އޮތް ތަނުގައި އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ފައިވާނާއި ބޫޓު އުފެއްދުމަށް މަޝްހޫރު ޖިމީޗޫ ބްރޭންޑް އެންމެ ފުރަތަމަ 1996 ވަނަ އަހަރު އުފެދިގެން އައީ ބްރިޓިޝް ވޮގް އެޑިޓަރ ޓަމާރާ މެލަން އާއި ޖީމީ ޗޫ އާ ހިސާބުންނެވެ. ނަމަވެސް 2012 ވަނަ އަހަރާއި ހިސާބުން އެ ކުންފުނި ހިންގުމަށް ވަނީ ބަދަލު އައިސްފަ އެވެ.