ހަބަރު

އިބޫގެ މައްޗަށް ޖިނާއީ ހަތަރު ތުހުމަތެއް!

މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަަދު ސޯލިހު (އިބޫ)ގެ މައްޗަށް ޖިނާއީ
ހަތަރު ތުހުމަތެއް ކޮށް އެ މައްސަލަތައް ބަލަން ފަށައިިފި އެވެ.

އިބޫގެ މައްޗަށް ކުރާ ހަތަރު ތުހުމަތަކީ މިމަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނުުމުގައި ގާނޫނާ ހިލާފު އަމަލުތަކެއް ކުރި ކަމުގެ ތުހުމަތާއި، އެދުވަހު މަގުމަތީގައި މާރާމާރީ ހިންގުމަށް މަގުފަހިވާގޮތަށް އަމަލުކުރި ކަމުގެ ތުހުމަތު އަދި ފުލުހުންގެ ސަފު ފަޅާލައި ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތާއި ހުއްދަ ނޫން ތަނަކަށް ވަތް ކަމުގެ ތުހުމަތެވެ.

ގަނޫނީ ވަކީލުންނާއެކު ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުމެ ނޫސްވެރިންނާ ވާހަކަ ދައްކަމުން އިބޫ ވިދާޅުވީ ފުލުހުންގެ އެ ހަތަރު ތުހުމަތާއި ގުޅިގެން ސުވާލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރާކަމަށް ދެންނެވި ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫގެ ވަކީލު ހިސާންވެސް ވަނީ މަޖިލިސް މެންބަރަކު މަޖިލީހަށް ވަނުމަކީ ޖިނާއީ ކުށެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަން ޖިނާއީ ކުށަކަށް ވަނީ ކިހިނެތްތޯ ހިސާން ސުވާލު އުފެއްދެވި އެވެ.

މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފޫއަޅުވާލި ކަމުގެ ތުހުމަތު އިދިކޮޅު ގިނަ މެންބަރުންގެ މައްޗަށް ވަނީ ކޮށްފަ އެވެ. އޭގެތެރެއިން ބައެއް މެންބަރުން ތިބީ މިހާރު ވެސް ފުލުހުން ހައްޔަރުކޮށްފަ އެވެ.