ވިޔަފާރި

އަހަރު ދެބައި ވެއްޖެ: ރާއްޖޭގެ އޮކިއުޕެންސީ 61 ޕަސެންޓުގައި!

  • ރިސޯޓު އޮކިއުޕެންސީ 72 ޕަސެންޓުގައި
  • ޓޫރިސްޓުން އައިއަދަދު 6 ޕަސެންޓް މަތި
  • އޮކިއުޕެންސީ އެންމެ ދަށްވީ މެއި މަހު

އަހަރު ދެބައިވީއިރު، ރާއްޖޭގެ އޮކިއުޕެންސީ ރޭޓް ހުރީ 64.1 ޕަސެންޓުގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އެވްރެޖު އޮކިއުޕެންސީ ހުރީ 72.1 ޕަސެންޓުގަ އެވެ. ނަމަވެސް ފެބްރުއަރީ މަހު ވަނީ އޮކިއުޕެންސީ 74.1 ޕަސެންޓަށް އިތުރުވެފަ އެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި މިވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އޮކިއުޕެންސީ އެންމެ ބޮޑަށް ދަށަށް ގޮސްފައިވަނީ މިދިޔަ މަހު އެވެ. މިގޮތުން މެއި މަހު އޮކިއުޕެންސީ ރޭޓްވަނީ 51 ޕަސެންޓަށް ވެއްޓިފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމް އޮފްސީޒަން ކަމަށްވުމުން މިއީ އެންމެ ބޮޑަށް ޓޫރިސްޓުން އަންނަ އަދަދު މަދުވާ އެއް ދުވަސް ވަރެވެ. މި މުއްދަތުގައި ރިސޯޓުތަކުގެ އެވްރެޖު އޮކިއުޕެންސީ ރޭޓް ހުރީ 72.1 ޕަސެންޓުގަ އެވެ. އަދި ހޮޓާތަކުގެ އޮކިއުޕެންސީ 43.9 ޕަސެންޓުގައި ހުރިއިރު ގެސްޓްހައުސްތައް ހުރީ 32.6 ޕަސެންޓުގަ އެވެ. އަދި ސަފާރީތަކުގެ އޮކިއުޕެންސީ ހުރީ 30.9 ޕަސެންޓުގަ އެވެ.

ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުގައި ޓޫރިސްޓުން އެވްރެޖު ގޮތެގައި މިދިޔަ މަހުގެ ނިޔަލަށް ހޭދަކޮށްފައިވަނީ 4,161,340 ރެ އެވެ.

އޮކިއުޕެންސީ ރޭޓް ދަށުގައި ހުރިއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 657,540 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރު ޒިޔާރަތް ކުރި 619,921 މީހުންނާ އަޅާބަލާއިރު 6.1 ޕަސެންޓް އިތުރުވުމެކެވެ.