ކުޅިވަރު

ބެންޒެމާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް ކޯޓުން ނަގައިފި

ސެކްސް ޓޭޕެއް ބޭނުން ކޮށްގެން، ފްރާންސްގެ މިޑްފީލްޑާ މެތިއު ވެލްބުއޭނާ ބްލެކް މެއިލް ކުރިކަމުގެ ތުހުމަތުގައި، ފްރާންސްގެ ކޯޓުން، އެ ގައުމުގެ ފޯވަޑް ބެންޒެމާގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް، ނަގައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ކޯޓުން ވަނީ ބެންޒެމާގެ މައްޗަށް އެ ފިޔަވަޅު އެޅުމަށް ހުކުމް ކޮށްފަ އެވެ. މި ތުހުމަތުގެ ސަބަބުން ބެންޒެމާ، އަށް މިދިޔަ އަހަރު، ޔޫރޯގެ ފްރާންސްގެ ސްކޮޑުން ވަނީ ބާކީ ކޮށްފަ އެވެ.

"ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ، މިހާރު ބެންޒެމާއަށް އާދައިގެ ދިރިއުޅުމަށް ރުޖޫއަ ވެވޭނެ" ބެންޒެމާގެ ވަކީލު ޝައިލެވިއަން ވިދާޅުވި އެވެ. "އަހަރެމެން މިތިބީ އުފަލުން، އަހަރެމެން މިތިބީ މަޑުކޮށް ގެން ބެންޒެމާގެ ކުށެއް ނެތް ކަމަށް ކަނޑައަޅާނެ ކަމަށް."

މި ފިޔަވަޅުތައް ނައްތާލުމުން، ބެންޒެމާ އަށް ފްރާންސް ސްކޮޑުން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ. މެއި މަހު، ފްރާންސްގެ ކޯޗް ޑިޑިއޭ ޑެސްމްޕްސް ވަނީ ފްރާންސްގެ ސްކޮޑުން ބެންޒެމާ އަށް ފުރުސަތު ދޭނެ ކަމުގެ އިޝާރަތެއް ދީފަ އެވެ.

"ޓީމަށް އެއީ ރަނގަޅެއް ނަމަ، އަހަރެން ބެންޒެމާ އަށް ޓީމުން އަލުން ފުރުސަތު ދޭނަން،" 1998 ގެ ވޯލްޑްކަޕް ފްރާންސުން ކާމިޔާބު ކުރިިއިރު، ޓީމުގެ ކްޕްޓަން ކަން ކުރި ޑެޝަމްޕްސް މެއި މަހު ބުނެފައި ވެއެވެ. "އަހަރެން އަބަދުވެސް ނިންމުން ނިންމަނީ ކުޅިވަރުގެ ސަބަބަކަށް، އަހަރެން އަބަދުވެސް އަހަރެންގެ އަމިއްލަ ނަފުސާ ސުވާލު ކުރަން އެއީ ޓީމަށް އެންމެ ފައިދާ ހުރި ނިންމުންތޯ."