ކުޅިވަރު

ޓޮޓެންހަމްއަށް އިހްތިރާމު ކުރަން ޕޮޗެޓިނޯ ގޮވާލައިފި

Jul 30, 2017
1

ޓޮޓެންހަމްހޮސްޕާގެ ޓާގެޓެއް ނެތް ކަމަށް ބުނެ، ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭއާ ދެއްކި ވާހަކައާ ގުޅިގެން، ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ކޮންޓޭ އަށް ރައްދު ދީފި އެވެ.

މިދިޔަ ސީޒަންގައި ޕްރިމިއާ ލީގް ދެ ވަނަ ހޯދި، ޓޮޓެންހަމްއާ ބެހޭގޮތުން، ކޮންޓޭ ބުނީ، މުބާރާތްތައް ކާމިޔާބު ނުވެއްޖެނަމަ ޓޮޓެންހަމް އަށް އެކަމުގެ ސަބަބުން ބޮޑު ގެއްލުމެއް ކުރިމަތި ނުވާނެ ކަމަށެވެ.

"ޓޮޓެހަމްއަށް ލީގް ނުލިބިއްޖެނަމަ އެ ނުވާނެ ލިބޭ ބޮޑު ދެރެއަކަށް،" ކޮންޓޭ ބުންޏެވެ. އެ ޓީމަށް ޗެމްޕިއަންސް ލީގް ޖަގަ ނުލިބިއްޖެނަމަ އެ ނުވާނެ ލިބޭ ބޮޑު ދަރަ ޔަކަށް، ޗެމްޕިއަންސް ލީގްގެ ފުރަތަމަ ބުރުން އެ ޓީމު ވަކިވެއްޖަނަމަ، އެ ނުވާނެ ބޮޑު ދެރަޔަކަށް، ޗެމްޕިއަންސް ލީގް ފުރަތަމަ މެޗުން ބަލިވެ ޔޫރަޕާ ލީގަށް ވެއްޓިޖެނަމަ އެ ނުވާނެ އެ ޓީމަށް ލިބޭ ބޮޑު ދެރަޔަކަށް."

ކޮންޓޭ ބުނީ، އެ ފަދަ ކަމެއް، ޗެލްސީ އާއި އާސެނަލް އާއި މެންޗެސްޓާ ސިޓީ އަދި މެންޗެސްޓާ ޔުނައިޓަޑަށް ކުރިމަވެއްޖެނަމަ އެއީ އެ ޓީމުތަކަށް ކުރިމަތިވާ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

އަދި ކޮންޓޭ ވަނީ، ޓޮޓެންހަމްގެ ސްޓައިކާ، ހެރީ ކޭންއާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ. ކޮންޓޭ ބުނީ އޭނާ ދެކޭގޮތުގައި ހެރީ ކޭން އަކީ މިވަގުތު ދުނިޔޭގައި ހުރި އެއް ވަނަ ސްޓައިކަރު ކަމަށާއި 100 މިލިއަން ޕައުންޑް ދީފައި ވެސް ގެންނަ ވަރުގެ ސްޓާއިކަރެއް ކަމަށެވެ. އަދި ޗެލްސީ އަށް ކޭން ގެނެވޭނެ ނަމަ އޭނާ އެންމެ ގެންނަން ބޭނުވާ ކުޅުންތެރިޔަކީ ކޭން ކަމަށް ކޮންޓޭ ބުންޏެވެ.

ޕޮޗެޓިނޯ ބުނީ، އެހެން މީހުން، އޭނާގެ ކުޅުންތެރިންނާއި އެކުލަބާ ބެހޭގޮތުން ވާހަކަ ދެއްކުމުން ހިނ އަންނަ ކަމަށެވެ.

"އަހަންނަށް ހިނި އާދެ ވުނީ އޭނާ [ކޮންޓޭ]، ހެރީ ކޭންއާ ބެހޭގޮތުން ވާހަކަ ދެއްކުމުން، ސަބަބަކީ އަހަންނަކަށް ނޭންގެ އެހެން މީހުން އަހަރެންގެ ކުޅުންތެރިންނާ މެދު އަދި އަހަރެމެންގެ ކުލަބާ މެދު އެހާ ބޮޑަށް ފޯކަސް ކުރަންވީ ސަބަބެއް،" ޕޮޗެޓިނޯ ބުންޏެވެ.

މި ޓްރާންސްފާ ޕީރިއަޑްގައި، ޓޮޓެންހަމްއިން އެންމެ ލާރި އެއްވެސް ހަރަދު ކޮށްފަ އެއް ނުވެ އެވެ. ނަމަވެސް ޗެލްސީން ވަނީ 130 މިލިއަން ޕައުންޑް (2.630 ބިލިއަން ދިވެހި ރުފިޔާ އަށް ވުރެ ބޮޑު) ހޭދަ ކޮށްފަ އެވެ.

ކޮންޓޭ ބުނީ، ކާމިޔާބު ހޯދާ ކަމަށް ވާނަމަ، އަގު ބޮޑު ކުޅުންތެރިން ގެންނަން ޖެހޭނެ ކަމަށެވެ. "ކޮންމެ ޓީމަކަށްވެސް އެ ޓީމުގެ އަމާޒަކީ ކޮބައިކަން އެނގެން ޖެހޭނެ، އެ ޓީމެއްގެ އަޒުމަކީ ލީގް ހޯދަން ވާދަ ކުރުމާއި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުން ހިމެނޭ ކަމަށް ވަންޏާ އަގު ބޮޑު ކުޅުންތެރިން ގެންނަން ޖެހޭނެ، އެކަން ނުކުރާ ކަމަށް ވަންޏާ އެ އޮންނަން ބޭނުންވާ ފެންވަރެއްގައި ނުހިފެހެއްޓޭނެ، އެކަން ވަރަށް ސާފް،" ކޮންޓޭ ބުންޏެވެ. "އަހަރެންގެ ސުވާލަކީ ޓޮޓެންހަމްގެ ހާސިލު ކުރަން ބޭނުންވާ ކަމަކީ ކޮބާ ހެއްޔޭ އެ ޓީމުގެ އަޒުމަކީ ކޮބާ ހެއްޔޭ."

ޕޮޗޮޓީނޯ ބުނީ ގިނަ ފައިސާ ހަރަދު ކުރާ ޓީމަކަށް އެ ޓީމޭއްގެ އަމާޒު ހާސިލު ކުރުމުގައި ޕްރެޝާ ބޮޑު ވަނެ ކަމަށާއި ޓޯޓެންހަމްގައިވެސް އެ އަޒުމު އެބައޮތް ކަމަށާއި އަމިއްލަ ޕްރެޝާވެސް އެބައޮތް ކަމަށެވެ.

އޭނާ ބުނީ އޭނާ އަކީ އެހެން ޓީމުތަކަށާއި އެހެން ކޯޗުންނަށް އިހްތިރަމު ކުރާ މީހެއް ކަމަށެވެ. އަދި އެހެން ޓީމުތަކުގެ ތެރޭގައި އޮންނަ ކަމަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.