ކުޅިވަރު

"300 މިލިއަން ޔޫރޯއަށް ވުރެ ބާސާއަށް ނޭމާ މުހިންމު"

Jul 29, 2017
1

ތިންސަތޭކަ މިލިއަން ޔޫރޯ (5.433 ބިލިއަން ރުފިޔާ) އަށް ވުރެ، ބާސެލޯނާ އަށް ނޭމާގެ މުހިންމުކަން މާ ބޮޑުވާނެ ކަމަށް ބާސާގެ ކެޕްޓަން އަންދުރޭ އިނިއެސްޓާ ބުނެފި އެވެ.

އިނިއެސްޓާ މިހެން ބުނީ ނޭމާ ޕީއެސްޖީއަށް ނޭމާ ގެންދަން 200 މިލިއަން ޔޫރޯ ހުށަހަޅަން އެ ޓީމުން ތައްޔާރުވެފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް މިކަމާ ބެހޭގޮތުން، މިހަތަނަށް ނޭމާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

"އަހަރެމެންނަށް ވަރަށް ރަނގަޅު މީޑިއާއިން އަހަރެމެންނާ، ނޭމާއާ ބެހޭގޮތުން ސުވާލު ނުކުރިއްޔާ، ނޭމާއާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާ ބެހޭގޮތުން ނިމުމެއް އޮތީ އެންމެ ގޮތަކުން، އެއީ ނޭމާ މިކަމާ ބެހޭގޮތުން ވާހަކަ ދައްކާނެ،" ޕްރީ ސީޒަން ޓުއާގައި ރެއާލް މެޑްރިިޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޭމަ އާ ބެހޭގޮތުން ސުވާލު ކުރުމުން އިނިއެސްޓާ ބުންޏެވެ.

އެކަމާ ބެހޭ އިތުރު ތަފްސީލުތައް ދޭނީ ނޭމާ ދޭނެ ކަމަށް އިނިއެސްޓާ ބުންޏެވެ. އަދި ބުނީ ބާސާއަށް ނޭމަ ވަރަށް މުހިން ކަމަށާއި 300 މިލިއަނަށް ވުރެ ބާސާ އަށް ނޭމާ މާ ފައިދާ ބޮޑު ކަމަށެވެ.

"އޭނާ އަކީ ދުނިޔޭ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް، އަހަރެން އަބަދުވެސް ބޭނުން ވަނީ އެންމެ މޮޅެތި ކުޅުންތެރިން އަހަރެންގެ ޓީމުގައި ތިބެން، އަހަރެން އެއްވެސް ޝައެއްކެއް ނުކުރަށް ނޭމާ ހުންނަން އަހަރެމެންގެ ހުރިހާ ކުޅުންތެރިންވެސް ބޭނުންވާ ކަމާ މެދު." އިނިއެސްޓާ ބުންޏެވެ.

އިނިއެސްޓާއާ އެކު ޕްރެސްގައި ބައިވެރިވި، ލުއިސް ސުއަރޭޒް ވެސް ބުނީ އެންމެ ތްފަސީލުކޮށް ޓްރާންސްފާގެ ވާހަކަ ދެއްކޭނީވެސް ނޭމާއަށް ކަމަށެވެ.

"އަހަރެމެންނަށް ކުރެވޭނެ ކަމަކީ ގޮތް ނިންމުމަށް އޭނާ އަށް އެހީތެރި ވެދެވޭނީ،" ސުއަރޭޒް ބުންޏެވެ.

އެމެރިކާގެ މިއާމީގައި މިހާރު ކޭމްޕް ކޮށްފައިވާ ބާސާގެ ޓީމުގެ ޓްރެއިނިން ތަކުގައި ނޭމަ އާއި ޓީމާ އަލަށް ގުޅުނު ނެލްސަން ސެމޭޑޯ އާ ދެމެދު ދެބަސްވުމެއް ހިނގިކަމަށް ބުނެ މީޑިއާއިން ދަނީ ވަރަށް ބޮޑަށް ވާހަކަ ފަތުރަމުން ނެވެ.

އިނިއެސްޓާ ބުނީ އެފަދަ ކަމެއް ހިންގި ކަމަށައި ނަމަވެސް އެއީ އެހާ ބޮޑު ކަމެއް ކަމެއް ނޫން ކަމަށެވެ.

"ޕްރެކްޓިސް ނުފެންނަ މީހުންނަށް އެއީ ވަރަށް ބޮޑު ކަމަކަށް ވެދާނެ ނަމަވެސް އެއީ އަހަރެމެންނަށް މާ ބޮޑު ކަމެއް ނޫން." އިނިއެސްޓާ ބުންޏެވެ.