ހަބަރު

ރިޔާޒަށް ވެސް ހަތަރު ތުހުމަތެއްކޮށް ބަޔާން ނަގައިފި

ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އަށް ވެސް ހަތަރު ތުހުމަތުތެއްކޮށް ފުލުހުން ބަޔާން ނަަގައިފި އެވެ.

ފުލުހުސް އޮފީހަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ އޭނާގެ މައްޗައް ކުރާ ތުހުމަތުތަކަކީ ފުލުހުންގެ ދައުރަށް ހުރަސް އެޅުމާ ސަފުތައް ފަޅާލުމާއި މަނާ ކުރާ ތަންތަނަށް ވަނުމުގެ އިތުރުން މާރަމާރީ ހިންގާ ގޮތަށް އަމަލުތައް ބެހެއްޓުން ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފް އެއްވެސް ކަމެއް ނުކުރައްވާަ ކަމަށާއި ފުލުހުން ކުރި ހުރިހާ ތުހުމަތުތައް އިންކާރުކޮށް ބަޔާން ދީފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ މައްޗައް ހަތަރު ތުހުމަތެއް ކުރި އިރު މާފަންނު ހުޅަނގު ދައިރާގެ މެންބަރު މުހައްމަދު ފަލާހު އާއި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެސް ފުލުހުން މި ތުހުމަތުތައް ކުރެ އެވެ.

މިދިޔަ ހަފްތަ ހޯމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާ ތެރޭގައި ބައެއް މަޖިލީސް މެންބަރުން ފުލުހުންގެ ސަފުތައް ފަޅާލާފައި މަޖިލީހަށް ވަތް މައްސަލަ ބަލާނެ ކަމަށް އެ އިދާރާއިން ކުރިން ވެސް ވަނީ ބުނެފަ އެވެ. އެ ދުވަހު މުޒާހަރާގައި ބައިވެރިވި އިދިކޮޅު ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ސަފުތައް ފަޅާަފައި މަޖިލީހުގެ ތެރެއަށް ވަދުނެވެ.