ވިޔަފާރި

ކަނުހުރާގެ "ކޮކާ ސްޕާ" އަށް ޝަރަފުވެރި އެވޯޑެއް!

ރާއްޖޭގެ ކަނުހުރާ މޯލްޑިވްސްގައި ހިންގާ "ކޮކާ ސްޕާ" އަށް އެންމެ މަތީ ފަންތީގެ ސްޕާތަކަށްދޭ ޝަރަފުވެރި އެވޯޑެއް ލިބިއްޖެ އެވެ.

ކޯޕަރޭޓް މޯލްޑިވްސްގައިވާ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ސްޕާތަކަށް ދޭ "ވޯލްޑް ލަގްޒަރީ ސްޕާ އެވޯޑު 2017" ގައި ކަނުހުރާ މޯލްޑިވްސް އަށް ލިބިފައިވަނީ ވިއެޓްނާމްގެ މެރިއޮޓް ހެނޯއީ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކަނުހުރާ މޯލްޑިވްސްއަކީ 1999 ވަނަ އަހަރު ހުޅުވައި ހިންގަމުން ގެންދާ ރިސޯޓެވެ. މޮރިޝަސްގެ ކުންފުންޏެއް ކަމަށްވާ ސަން ރިސޯޓްސް އިން ހިންގާ މި ރިސޯޓުން ރާއްޖޭގެ ޓޫރިޒަމަށް ހިދުމަތް ދޭތާ މިވަނީ 15 އަހަރުވެފަ އެވެ.

މި ރިސޯޓު 2015 ވަނަ އަހަރު ބޮޑު މަރާމާތެއް ކޮށްފަ އެވެ. ގާތްގަނޑަކަށް 42 މިލިއަން ޑޮލަރު ހަރަދުކޮށްގެން މަރާމާތުކޮށް އަލުން ހުޅުވާފައިވަނީ 19، ޑިސެންބަރު 2016 ވަނަ އަހަރު އެވެ.

ކަނުހުރާގެ ސްޕާއަށް މި އެވޯޑު ލިބިފައިވާއިރު މި ސްޕާގައި ހިދުމަތް ދެނީ މި ދާއިރާގެ އެންމެ ޕްރޮފެޝަނަލް މީހުންނެވެ.