ހަބަރު

ޒަހަމްތަކަކާއެކު ރޭ ފެނުނު މީހާއަށް ސީރިއަސް އަނިޔާއެއް ނުވޭ: ފުލުހުން

Jul 30, 2017

ރޭގައި ބަޔަކު އަނިޔާކޮށް ޒަހަމްކޮށްލާފައި އޮއްވައި މާވެޔޮމަގުން ފެނުނު ޒުވާނާއަށް ސިރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި އޭނާ މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މީހާއަކީ މައްޗަންގޮޅި ސަހަރާ ކައިރީ ހުރި ގެއަކުން ވައްކަން ކުރަން އުޅޭ ކަމަށް ބުނެ ބަޔަކު މީހުން އޭނާ ފަހައި ގަތުމުން މާވެޔޮމަގަށް ދިޔަ މީހެއް ކަމަށެވެ. އަދި ބުނީ އޭނާ ފަހައި ބަޔަކު ދުއްވައިގަތުމުންް އަތުގައި ހުރި ތަކެތި އުކާލާފައިވާ ކަމަށާއި އެމީހުން އޭނާ ހިފަހައްޓައި އަނިޔާކޮށް ފޯނު ފޭރިގެންފައިވާ ކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުންނަށް ރޭ ރިޕޯޓްކޮށްފައި ވަަނީ ދަންވަރު 12.30 އެހާއިރު ކަމަށާއި ރިޕޯޓްކުރީ މީހަކަށް އަނިޔާކޮށް ފޯނެއް ފޭރިގަތް މައްސަލައެއްގެ ގޮތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.