ވިޔަފާރި

ޑިއުޓީ ފްރީ ފިހާރަތައް ހިމެނޭ އެނބޫދޫ ފަޅު ރިސޯޓު މަޝްރޫއު ފަށައިފި

  • މި މަޝްރޫއުގެ ދަށުން 10 ރިސޯޓު ހަދާނެ
  • ޑިއުޓީ ފްރީ ފިހާރަތަކާއި ގިނަ ހިދުމަތައް ލިބޭނެ
  • ފުރަތަމަ ތިން ރިސޯޓު އަންނަ އަހަރު ހުޅުވާނެ

ޑިއުޓީ ފްރީ ފިހާރަތަކާއެކު ކ.އެނބޫދޫ ފަޅުގައި ތަރައްގީކުރާ ބިޔަ ރިސޯޓުގެ މަޝްރޫއު ފަށައިފި އެވެ.

އެނބޫދޫ ފަޅު ހިއްކައިގެން ރިސޯޓު ހަދާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

ތައިލެންޑުގެ ސިންހަ އެސްޓޭޓާއި ސިންހަ ކޯޕަރޭޝަން އަދި ހާޑް ރޮކް ކެފޭސް ކުންފުނިން ގުޅިގެން އެނބޫދޫފަޅު ހިއްކައިގެން ތަރައްގީކުރާ މި މަޝްރޫއުގެ ދަށުން، ޔޮޓްމެރީނާ އާއި ޑިއުޓީ ފްރީ ފިހާރަތައް ހުންނާނެ އެވެ. މިގޮތުން މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (616.8 މިލިއަން ރުފިޔާ) އަށް އަރާނެ އެވެ.

ގާތްގަނޑަކަށް ހަތް އަކަ ކިލޯމީޓަރު ސަރަހައްދެއް ހިއްކަގެން ތަރައްގީކުރާ އިންޓަގްރޭޓެޑް ރިސޯޓް ހަދަން ދިވެހި ދިވެހި ސަރުކާރުން މި ފަޅު ކުއްޔަށްދީފައިވަނީ 50 އަހަރަށެވެ.

އެނބޫދޫ ފަޅުގައި ގިނަ ހިދުމަތްތަކާއެކު 10 ރިސޯޓެއް ތަރައްގީކުރާއިރު، މީގެ ތެރެއިން ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވާނެ އެވެ.