ހަބަރު

އޭޑީކޭން ހަތަރު ޑޮކްޓަރަކަށް ސްކޮލަޝިޕް ދީފި

Jul 30, 2017
އޭޑީކޭގެ ފަރާތުން ހަތަރު ޑޮކްޓަރަކަށް ސްކޮލާޝިޕް ހަވާލުކޮށްފި--
0%
0%
0%

އޭޑީކޭގެ ފަރާތުން ހަތަރު ޑޮކްޓަރަކަށް ޕޯސްޓް ގްރެޖުއޭޝަން ސްކޮލާޝިޕް ހަވާލުކޮށްފި އެވެ.

އޭޑީކޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ފަރާތްތަކާ ސުކޮލާޝިޕް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑރ. އަބުދުﷲ އަފީފު އެވެ. މިއަހަރު ސްކޮލާޝިޕް ލިބުނު ހަތަރު ފަރާތަކީ ގުރެއިޝާ ހަނީފާއި އައިޝަތު އިބްނާ އާއި އަދުނާން ލީނާ ސަލީމް އަދި ފާތިމަތު ނާސިހާ އަށެވެ.

މި ރަސްމިއްޔާތުގައި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ މިދިޔަ އަހަރު ފެށި ސްކޮލާސިޕް ސުކީމަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި ކުރިއަށް އޮތް އަހަރު ތަކުގައި ވެސް ފަސް ސްކޮލާޝިޕް ހަވާލު ކުރެވޭނެ ކަމަށެވެ. އަދި މިދިޔަ އަހަރު ހުރިހާ ދާއިރާ އަކުން ފަސް ސްކޮލާޝިޕް ދީފައިވާނެ ކަމަށާއި އަދި ނަމަވެސް އެއް ދާއިރާއަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވުމުން މިއަހަރު ސްކޮލާޝިޕް ހަވާލު ކުރެވިފައިވަނީ ހަތަރު ފަރާތަކަށް ކަމަށް އައްފާލް ވިދާޅުވި އެވެ.

އައްފާލް ވިދާޅުވީ އޭޑީކޭން ކުރާ މަސައްކަތުގެ ތެރެއިން ގިނައިން އިވިގެންދަނީ އެކިއެކި ހިދުމަތްތައް ތައާރަފް ކުރުމާއި ހިދުމަތްތައް ފުޅާކުރުމުގެ ވާހަކަތައް ކަމަށާއި މަދުން ނޫނީ މީހުން ބިނާ ކުރުމާއި ތަމްރީނު ކުރުމުގެ ވާހަކަ އިވެމުންނުދާ ކަމަށެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ގިނަ ސްކޮލާޝިޕް ދެވިފައިވާނެ ކަމަށާއި އެ ސްކޮލާޝިޕް ސްކީމަކީވެސް ދާއިމީ ގޮތެއްގައި އެތަނުން ދެމުން ގެންދާނެ ސްކީމް ޕްރޮގްރާމަކަށް ހަދާނެ ކަމަށް އައްފާލް ވިދާޅުވި އެވެ.

"މިދިޔަ އަހަރު ފަސް ދާއިރާއަކުން ސްކޮލާޝިޕް ދެވުނު. ނަމަވެސް މިއަހަރު އެއްދާއިރާއަށް ކުރިމަތިލާފައި ނުވުމުން ހަތަރު ފަރާތަކަށް ސްކޮލާސިޕް ހަވާލު ކުރެވިގެން ދިޔައީ، އޭގެ ތެރެއިން ގުރެއިޝާ ހަނީފާ ކިޔެވުން ފެށިގެން ކުރިއަށް އެބެދޭ. އަދި ބާކީ ތިބި ތިން ފަރާތުގެ ކިޔެވުން އޮގަސްޓް މަހު ފެށިގެން ދާނެ،" އައްފާލް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345