ކުޅިވަރު

ނޭމާގެ މަގާމު ފޫބައްދަން ޑެމްބެލޭ އާއި ޑިބާލާ

Aug 3, 2017

ދުނިޔޭގެ ރެކޯޑް ފީ އަކަށް، ބާސެލޯނާ ދޫކޮށް، ޕީއެސްޖީ އަށް ބަދަލުވާ، ނޭމާގެ މަގާމު ފޫބައްދަން، އުސްމާން ޑެމްބެލޭ އާއި ޕައުލާ ޑިބާލާގެ ތެރެއިން ކުޅުންތެރިޔަކު ގެނައުމަށް ބާސާއިން ޓާގެޓް ކަނޑައަޅާއިފި އެވެ.

ނޭމާ، ބާސާ ދޫކޮށްލާނެ ކަމުގެ އިޝާރާތް ލިބުނު ފަހުންވެސް، ބާސާއިން މަސައްކަތް ކުރަމުން ދަނީ، އޭނާގެ މަގާމު ފޫބެއްދޭނެ އެންމެ ރަނގަޅު ކުޅުންތެރިޔަކު ގެނައުމަށެވެ. ސީދާ ނޭމާ، ކުޅޭ، ސްޓައިލް ކުޅުންތެރިޔަކު ނުލިބުނަސް، ބާސާއިން ގަބޫލު ކުރާ ގޮތުގައި ޔުވެންޓަސް އަށް ކުޅެމުންދާ، އާޖެންޓީނާގެ ޑިބާލާ އާއި ބުރޫޝިއާ ޑޮޓަމުންޑަށް ކުޅެމުންދާ، ޑެމެބެލޭ އަކީ އެ މަގާމު އެންމެ ރަނގަޅަށް ފޫބެއްދޭނެ ކުޅުންތެރިން ނެވެ. މި ދެކުޅުންތެރިންނަކީވެސް އަދި ޒުވާން ކުޅުންތެރިންނަށް ވުމުން، ދިގު މުއްދަތަކަށް ބާސާއަށް، އެދެކުޅުންތެރިން ބޭނުން ހިފޭނެ އެވެ.

ބާސާއިން މީގެ ކުރިން ވަނީ، ލިވަޕޫލުގެ ބްރެޒިލްގެ އެޓޭކިން މިޑްފީލްޑާ ފިލިޕޭ ކްޓޫނިއޯ ގެންނަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް، ލިވަޕޫލުން، ކްޓޫނިއޯ ދޫކޮށްލަން ބޭނުން ނުވާތީ އާއި، ނޭމާގް މަގާމަށް ސީދާ ކުޅޭނެ ކުޅުންތެރިޔަކަށް ކްޓޫނިއޯ ނުވާތީ، ބާސާގެ މިހާރުގެ އެންމެ ބޮޑު ޓާގެޓެއް ހުރީ، ނޭމާގެ މަގާމު ފޫބެއްދޭނެ ކޫޅުންތެރިޔެއް ގެނައުމަށެވެ.

ޑިބާލާ23 ބާސާއަށް ގެނެވިއްޖެނަމަ، އޭގެތެރެއިން އެހެން ފައިދާއެއްވެސް، ބާސާ އަށް ނެރެވެން އެބައޮތެވެ. އާޖެންޓީނާގެ ގައުމީ ޓީމުގައި، ޑިބާލާ އާއި ލިއޮނަލް މެސީ އަކީ ކޮމްބިނޭޝަން ރަނގަޅު ދެ ކުޅުންތެރިން ނެވެ. އެހެން ކަމުން ބާސާގައިވެސް އެދެކުޅުންތެރިންގެ ކޮމްބިނޭޝަން ފައްކާ ކުރެވިއްޖެނަމަ، ބާސާގެ އެޓޭކް އިތުރަށް ވަރުގަދަ ވެގެން ދާނެ އެވެ.

ޑެމްބެލޭ ގެނެސްފިނަމަ، ބާސާގެ އެޓޭކިން ޑިޕާޓްމެންޓަށް ޓެކްޓިކަލް ބަދަލެއް ގެންނަން ޖެހޭނެ ކަަމަށް ޓެކްނިކަލް އެނަސލިސްޓުން ލަފާ ކުރެ އެވެ. ބާސާގެ ކޯޗް އެރުނަސްޓޭ ވަލްވެރުޑޭ އަށް އޮތީ، 4-2-3-1 އަށް ބާސާގެ ގޭމް ފެއްތުމެވެ. މެސީ އަށް ސެންޓަ ސްޓާއިކަރުގެ ފަހަތުން މެދުތެރެއިން ކުޅެން ފުރުސަތު ދިނުމަށްފަހު، ޑެމެބެލޭ ކަނާތު ފަޅިއަށް ކުޅުވުމެވެ. އަދި ވިންގާ ޖެރާޑް ޑީލޫފޫއަށް އޭނާ އިހްތިޔާރު ކުރާ ފަރަތެއް ނެގުމަށް ފުރުސަު ދީނުމުން ނެވެ. އޭރުން ޑިލުފޫގެ ދައުރުވެސް ބާސާގެ އެޓޭކް ތަކުގައި ބޮޑު ވާނެ އެވެ.