ހަބަރު

ފ ތައުލީމީ މަރުކަޒުގެ އިމާރާތަށް ކުވައިތުން ދެލައްކަ ޑޮލަރުދީފި

ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ދެބުރި އިމާރާތެއް އަޅަން ކުވައިތު ފަންޑުން 200،000 ޑޮލަރު ދޭން ނިންމައިފިއެވެ.

ރާއްޖެއަށް އެކްރެޑިޓްކޮށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ގާއިމްކޮށްފައިވާ ކުވައިތު އެމްބަސީން މިއަދު ނެރުނު ބަޔާނެެއްގައި ބުނެފައި ވަނީ ކުވައިތުން ދޭ އެ ފައިސާ ހަރަދުކުރާނީ އޭކޭ ފައުންޑޭޝަން މެދުވެރިކޮށްގެން، ފ.އަތޮޅު ތައުލީމީ މަރުކަޒުގައި ކޮމްޕިއުޓާ ލެބޯޓްރީއަކާއި ޓްރެއިނިންް ރޫމެއް ހިމެނޭ ދެބުރީގެ އިމާރާތެއް އަޅަން ކަމަށެވެ.

ބަޔާނުގައި ކުވައިތު ސަފީރު ޚަލަފް ބޫ ޒުހައިރު ވިދާޅުވެފައި ވަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ކުވައިތު ފަންޑުން ބޮޑު ދައުރެއް އަދާލކުރަމުން އަންނަ ކަަމަށެވެ. އަދި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންނަށާއި ސަރުކާރަށް ކުރިމަގުގައި ވެސް ގިނަ ގޮތް ގޮތުން އެހީތެރިވާން ކުވައިތު ސަރުކާރު އޮތީ ތައްޔާރަށް ކަމަށެވެ.



ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ މަޝްރޫއުތަކަކަށް ކުވައިތު ފަންޑުން ކުރިން ވެސް އެހީތެރިވެދީފައި ވެއެވެ.