ހޮލީވުޑް

އަނެއްކާވެސް ޕެރިސް ހިލްޓަން ރާއްޖެ އަތުވެއްޖެ

އެމެރިކާގެ މަޝްހޫރު މޮޑެލް އަދި އެކްޓްރެސް ޕެރިސް ހިލްޓަން އަނެއްކާވެސް ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ. އޭނާ ވަނީ މިދިޔަ އަހަރުވެސް ރާއްޖެ އައިސްފަ އެވެ. އެފަހަރު ރާއްޖެ އައިސްފައިވަނީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރުމަށެވެ.

ޕެރިސް ހިލްޓަން ޗުއްޓީ ހޭދަކުރަމުން ދަނީ އަމިއްލަފުށި ރިސޯޓުގަ އެވެ.

ޕެރިސް ހިލްޓަން ވަނީ އޭނާ ރާއްޖެ އައިސް ނަގާފައިވާ ބައެއް ފޮޓޯތައް އޭނާގެ ސްނެޕްޗެޓް އަދި އިންސްޓަގްރާމް ސްޓޯރީއަށް ލާފަ އެވެ. ރާއްޖޭގައި ނަގާފައިބާ ފޮޓޯއެއް އިންސްޓަގްރާމްކޮށްފައިވެސްވެ އެވެ.

މިދިޔަ އަހަރު ރާއްޖެއަށް އައުމަށްފަހު އޭނާ ވަނީ ވަރަށް ބޮޑަށް ރާއްޖެއަށް ތައުރީފްކޮށްފަ އެވެ. އެގޮތުން ރާއްޖެއަކީ އާދަޔާ ހިލާފަށް ރީތި ތަނެއް ކަމަށާއި މިހާތަނަށް އޭނައަށް ދެވުނު އެންމެ ރީތި ތަނަކީ ރާއްޖެ ކަމަށްވެސް ބުނެފަ އެވެ.

މޮޑެލް އެއްގެ އިތުރުން އޭނާ އަކީ ފެޝަން އައިކަން އެކެވެ. އޭނާގެ ނަމުގެ ފެޝަން ބްރޭންޑެއް ހުރެއެވެ.