ކުޅިވަރު

އަސަރުން ފުރިގެންވާ މެސެޖަކާއެކު ނޭމާ ބާސާއަށް އަލްވަދާއު ކިޔައިފި

ބާސާ ވެގެން ގޮސްފައިވަނީ ޗެލްޖަކަށް ވުރެ ބޮޑު އެއްޗަކަށް ކަމަށާއި ކުޑައިރުއްސުރެ ބާސާއަށް ކުުޅެން ބޭނުންވި ކަމަށާއި އެ ހުވަފެން ހަގީގަތަކަށް ވުމުން ވަރަށް އުފާވާ ކަމަށް ބްރެޒިލްގެ ތަރި ނޭމާ ބުނެފި އެވެ. ނޭމާ މިކަން ހާމަ ކޮށްފައިވަނީ ފޭސްބުކްގައި ކުރި ވަރަށް އަސަރުގަދަ ޕޯސްޓެއްގައެވެ.

ކުޅިވަރު ކުޅުންތެރިޔެއްގެ ކެރިޔަރަކީ ބަދަލުވަމުންދާ ޗެލެންޖެއް ކަމަށާއި އެންމެ މުހިންމު ކަމަކީ ވާދަވެރި ނަމަވެސް ކުރު ކެރިޔަރުގައި ނަގާ ނިންމުންތައް ކަމުގައި ނޭމާ ވަނީ ބުނެފަ އެވެ.

ބާސާގައި މޮޅެތި ކުޅުންތެރިންނާއެކު ކުޅުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ބާސާއާކީ ކަޓަލޫނިޔާ ތަމްސީލު ކުރާ ގައުމީ ޓީމެއްގެ ގޮތުގައި ނޭމާ ވަނީ ސިފަކޮށްދީފަ އެވެ. މެސީ އާއެކު ކުޅެލަން ލިބުމަކީ ބޮޑު ޝަރަފެއް ކަމަށާއި އެފަދަ މޮޅު ކުޅުންތެރިޔަކު ދުވަހަކުވެސް ނުފެންނާނެ ކަމަށް ނޭމާ ބުންޏެވެ.

"އުމުރުގެ ދެވަނަ ފަހަރަށް ބައްޕަގެ ނިންމުމާ ދެކޮޅު މިހަދަނީ. ނަމަވެސް ބައްޕަ އަބަދެކޭ އެއްގޮތަށް އޭނާއާއެކު ހުއްނާނެ ކަމަށް ހީކުރަން." ނޭމާ މިފަދަ ގޮތަކަށް ވާހަކަ ދައްކާފައި ވުމުން ހަމަވަނީ މި ނިންމުމަކީ ނޭމާ އަމިއްލައަށް ނިންމާފައިވާ ނިންމުމެއް ކަމެވެ.

ޕީއެސްޖީ އަށް ބަދަލުވާން ނިންމާފައި ވާކަން ކަށަވަރު ކޮށްދެމުން ނޭމާ ބުނެފައި ވަނީ މިއީ އާ ޗެލެންޗަކާ ކުރިމަތި ލާންވި ވަގުތު ކަމަށާއި އަދި ބާސާއަށާއި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ. އަދި މި ނިންމުމަކީ ވަރިށް އުނދަގޫ ނިންމުމެއް ކަމަށް ނޭމާ ބުންޏެވެ. ދޫނިޔޭގެ ރެކޯއް އަގެއް ކަމަށްވާ 222 މިލިޔަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވާ ނޭމާ މިއަދުގެ ވަގުތެއްގައި އެޓީމުގެ ޖޯޒީގައި ފެންނާނެ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓުތަށް ބުނެއެވެ.