ކުޅިވަރު

މިސްޓަ ފިޒީކްގެ މަގާމު ފާލިހް ދިފާއުކޮށްފި

ބޮޑީ ބިލްޑް ފެޑްރޭޝަނުން ކޮންމެ އަހަރަކު ބާއްވާ، މިސްޓަ މޯލްޑިވްސް އިވެންޓްގައި ބާއްވާ، މައި ދެ ކެޓަގަރީގެ ތެރެއިން ފިޒިކް ކަޓަގަރީން އިން މިސްޓަ ފިޒީކް އަށް މުހައްމަދު ފާލިހް ހޮވިއްޖެ އެވެ. މިދިޔަ އަހަރު ވެސް އެ މަގާމު ހާސިލުކުރީ ފާލިހެވެ.

ފިޒީކް ކެޓަގަރީގެ އެއް ވަނަ އޭނާ ހޯދީ، ފިޒިކްސް ކެޓަގަރީގެ 165 ސެންޓިމީޓާ އިން އެއް ވަނަ ހޯދި ޕޮލިސް ކުލަބުގެ މުހައްމަދު މޫސާއާ ވާދަ ކޮށްގެން ނެވެ. ފާލިހް އަކީ، 165 ސެމްޓިމީޓަރަށް ވުރެ މަތީގެ ކެޓަގަރީގެ އެއް ވަނަ އެވެ.

ހަ މީހުން ވާދަ ކުރި، 165 ސެމްޓިމީޓަރަށް ވުރެ މަތީގެ ކެޓަގަރީގެ، ފުރަތަމަ ރަނަރަފުގެ މަގާމު ހޯދީ، އެކްސްޓްރީމް ފިޓްނަސްގެ ފައިސަލް ނަޖީބު އެވެ. ދެ ވަނަ ރަނަރަފް އަކީ ދަ ހާމާގެ ރިއްފާން ރަޝީދެވެ. ފާލިހް ވާދަ ކުރީ އެތުލެޓިކާގެ ފަރާތުންނެވެ.

ފިޒިކްސް ކެޓަގަރީގެ 165 ސެންޓިމީޓާއިން ފުރަތަމަ ރަނަރަފު މަގާމު ހޯދީ ހީޓް ހެލްތު އެންޑް ފިޓްނަސްގެ ނައުޝާދު ނަސީރު އެވެ. ދެ ވަނަ ހޯދީ އަޒުނީމް ރަޝީދު އެވެ.

މުބާރާތުގެ ކާމިޔާބަށް ފަހު، ފާލިހް ބުނީ، މުބާރަތަށް ކުރެވުނު މަސައްކަތްތަކަށް ބަލާފައި، އޭނާ އަށް ޗެމްޕިއަން ކަމަށް ވާދަ ކުރެވޭނެ ކަމުގެ ބޮޑު ޔަގީން ކަމެއް އޮތް ކަމަށެވެ. އޭނާ ބުނީ، މިއަހަރުގެ މުބާރާތަކީ، މިހާތަނަށް ބޭއްވި އެންމެ ވާދަވެރި މުބާރާތް ކަމަށާއި، އަންނަ އަހަރުގެ މުބާރާތް މިއަށްވުރެ ފޯރި ގަދަވެ، ވާދަ ވެރިކަން ބޮޑުވާނެ ކަމަށެވެ.