ދުނިޔެ

ޔޫރަޕަށް ހީޓްވޭވެއް ކުރިމަތިވެ، ދެމީހުން މަރުވެއްޖެ

ޔޫރަޕްގެ ބައެއް ގައުމުތަކަށް ބާރުގަދަ ހީޓްވޭވެއް ކުރިމަތިވެ، މަދުވެގެން ދެމީހުން މަރުވެއްޖެއެވެ.

"ފްްރާންސް 24" ނިއުސް އެޖެންސީން ބުނީ " ލުސީފަރް ގެ ނަން ދީފައިވާ ހީޓްވޭވްގެ އަސަރުކުރަމުން ދަނީ އިޓަލީއާއި ފްރާން އަދި ސްޕެއިންގެ ބައެއް ސަރަހައްދުތަކަށާއި ބޯލްކަން ސަރަހައްދަށް ކަމަށެވެ. އަދި ބުނީ ހީޓްވޭވްއަށް ހަފުތާއެއްހާ ދުވަަސް ވެފައިވާ އިރު ފިނިހޫމިން ރެކޯޑް މިންވަރަކަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގަައި ފިނިހޫނުމިން ވަނީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައެވެ.

ފިނިހޫނުމިން އެހާވަރަށް މައްޗަށް ދިއުމުން ގައުމުތަކުގެ އިދާރާތަކުން ވަނީ ހޫނު ގަދަ ވަގުތުތަކުގައި ހާމަ ތަންތަނުގައި މަސައްކަތް ކުރުން މަނާކޮށް، އެއްގަމު އުޅަނދުފަހަރު ދުއްވާ މިންވަރުވެސް މަދުކުރަން އަންގާފައެވެ. އަދި ގޭތެރޭގައި ގިނަ ވަގުތު ހޭދަކުރުމަށާއި ގިނައިން ފެންބުއިމަަށް ވެސް ވަނީ އަންގާފައެވެ.

ފިނިހޫނުމިން މިހާރު ހުރި މިންވަރަށް މައްޗަށް ދިއުމަަކީ ޔޫރަޕްގެ ގައުމުތަކުގައި ބަައެއް ފަހަރު ހިނގާ ކަމަކަށް ވިޔަސް މިފަހަރު ހޫނުމިން މިހާ މަތީގައި ހުންނަތާ ގިނަ ދުވަސްްތަކެއް ވުމުން މިއީ އާދަޔާ ހިލާފު ކަމެއް ކަަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމުގެ ހާދިސާތައް ވެސް ޔޫރަޕްގައި ވަނީ ގިނަވެފައެވެ.