ކުޅިވަރު

ކާމިޔާބަކީ އާސެނަލްއަށް ލިބުނު ބޮޑު ހިތްވަރެއް

Aug 7, 2017

ކޮމިޔުނިޓީ ޝީލްޑް މެޗުގެ ކާމިޔާބަކީ، މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގް ރަނގަޅު ފެށުމަކުން ފަށަން، އާސެނެލައަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އެ ޓީމުގެ ކޯޗް ފްރާންސްގެ އާސެން ވެންގާ ބުނެފި އެވެ.

ލީގްގެ ފުރަތަމަ މެޗުގައި، އަންނަ ހުކުރު ދުވަހުގެ ރޭ އާސެނަލް ބައްދަލު ކުރާނީ، 2016 ވަނަ އަހަރުގެ ލީގް ޗެމްޕިއަން ލެސްޓާ ސިޓީއާ އެވެ. ލީގް ފުރަތަމަ މެޗުގައި، އާސެނަލްއަކީ އެހާ، ކާމިޔާބު ޓީމެއް ނޫނެވެ. މިދިޔަ ހަތަރު ސީޒަންގެ ތެރެއިން، އާސެނަލްގެ ފުރަތަމަ މެޗުގައި އެ ޓީމަށް މޮޅު ވެފައި ވަނީ އެންމެ ފަހަރަކު އެވެ.

"މެޗަށް ބޭނުންވާ ކޮލިޓީ އާއި މަސައްކަތަށް އަހަރެމެން ގެ ކިބައިގައި އެބަހުރި. ތައްޔާރީ ތަކުން އަހަރެމެންނަށް އެކަން ހާސިލު ވާނެ،" ޕެނަލްޓީ ޖަހައިގެން، ޗެލްސީ ބަލިކޮށް، ކޮމިޔުނިޓީ ޝީލްޑްގެ ކާމިޔާބަށް ފަހު ވެންގާ ބުންޏެވެ. "ހިނގާ ހަމަ މި ޑިސިޕްލިންއާ އެކު ޕްރިމިއާ ލީގަށް ދަމާ، ހަމަ މި ރޫހްގައި އަހަރެމެންނަށް ދެވޭނެ."

އާސެނަލްއިން ވަނީ ވެންގާ އަށް އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ދީފަ އެވެ. ނަމަވެސް، އާސެނަލް، އަށް މިހާރު އޮތް އެންމެ ބޮޑު މަސައްކަތަކީ، އެޓީމު ދޫކޮށްލަން ބޭނުުންވާ ކަމަށް ބުނި، ޗިލީގެ އެލެކްސިސް ސަންޗޭޒް، ޓީމުގައި ބެހެއްޓުމެވެ. ވެންގާ، އިއްޔަ ވަނީ ސަންޗޭޒް، އާސެނަލްގައި، މަޑު ކުރާނެ ކަމަށް ބުނެފަ އެވެ. އޭނާ ބުނީ ސަންޗޭޒް ޓީމުގައި މަޑު ކުރާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށެވެ.

"އަހަންނަކަށް ސަންޗޭޒްއާ ބެހޭގޮތުން ދައްކާ ހުރިހާ ވާހަކަ އެއް ނުހުއްޓުވޭނެ، ނަމަވެސް އޭނާ ހުރީ އާސެނަލް އަށް ފޯކަސް ކޮށްގެން [އޯގަސްޓް 31] ގެ ފަހުން ވެސް އޭނާ މި ޓީމުގައި މަޑު ކުރާނެ،" ވެންގާ ބުންޏެވެ. "އަހަރެން މިހިސާބުގައި ސަންޗޭޒް އާއި އޮޒިލް ފަދަ ކުޅުންތެރިންގެ މަސައްކަތާއެކު، އެހެންވެ އަހަރެން ބޭނުން އެ ކުޅުންތެރިން، މި ޓީމުގައި މަޑު ކުރަން."

ވެންގާ، ބުނީ އާސެނަލްގެ އެތެރޭގައި އޮތީ، ވަރަށް ޕޮޒެޓިވް މާހައުލެއް ކަމަށެވެ.