ހަބަރު

މާލެއާއި 25 ރަށެއްގައި ޕީޕީއެމްގެ ކެމްޕެއިންތައް މި ހަފްތާ ބަންދުގައި

މާލެ ހިމެނޭ ގޮތަށް 25 ރަށެއްގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް ކުރިޔަށް އޮތް ހަފްތާ ބަންދުގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

ރައީސްގެ ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހާމަ ކުރަން ހަރަކާތެއް ބާއްވާނެ ކަމަށައި އެގޮތުން 25 ރަށެއްގައި ހަރަކާތެއް ކުރިޔަށް ގެންދާނެ ކަމަށެވެ. އެގޮތުން ސައިކަލު ބުރު ޖެހުމާއި ހިނގާލުމާއި ޝުއޫރު ފާޅު ކުރުމުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތައް 12 ވަނަ ދުވަހުގެ ހަވީރު 6:00 އަކާ ހަމަޔަށް ހަރަކާތްތައް ހިނގާނެ ކަމަށެވެ.

އޭގެ އިތުރުން މާލޭގައި އަންނަ ހުކުރު ހޮނިހިރު އަދި އާދީއްތަ ދުވަހުގައި ޕީޕީއެމްގެ ހަރަކާތްތައް ހިނގަމުންދާނެ ކަމަށާއި އެގޮތުން މާދަމާ ރަސްފަންނާއި ބްރިޖު ސަރަހައްދުގައި ކުޑަ ކުދިންގެ ހަވީރެއް ބާއްވާ ހަމަޖެހިފައިވާ ކަމަށް އަބްދުއް ރަހިމް ވިދާޅުވި އެވެ. އަދި 12 ވަނަ ދުވަހުގެ ރޭ އެސްޓީއޯ ފަރާތުން ބާއްވާ ހާއްސަ އިވެންޓެއް ކާނިވާ ސަރަހައްދުގައި ކުރިޔަށް ދާނެ ކަމަށާއި އަންނަ އާދީއްތަ ދުވަހުގެ ރޭ ވެސް އިތުރު ހަރަކާތްތަކެއް ކުރިޔަށް ދާނެ ކަމަށް އަބްދުއް ރަހީމް ވިދާޅުވި އެވެ.

ކެމްޕެއިން އޮންނަ ރަށްތައް:

  • ހއ. ހޯރަފުށި، ދިއްދޫ
  • ހދ. ކުޅުދުއްފުށި
  • ށ. މިލަންދޫ
  • ނ. ވެލިދޫ
  • ރ. އުނގޫފާރު
  • ބ. އޭދަފުށި
  • ޅ. ހިންނަވަރު
  • ކ. ތުލުސްދޫ، ގުރައިދޫ
  • އއ. ތޮއްޑޫ
  • އދ. ދަނގެތި
  • ވ. ފެލިދޫ
  • ފ. ނިލަންދޫ
  • ދ. ކުޑަހުވަދޫ
  • މ. މުލަ
  • ތ. ގުރައިދު
  • ލ. ފޮނަދޫ
  • ގއ. ވިލިނގިލި
  • ގދ. ތިނަދޫ
  • ޏ. ފުވަމުލަކު
  • ސ. ހިތަދޫ، ހުޅުދޫ