chattelegramwhatsappviber google-plus twitter facebook

ވިޔަފާރި

މި އަހަރުގެ މިހާތަނަށް ލަންކާއަށް 1.2 މިލިއަން ޓޫރިސްޓުން

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އަވަށްޓެރި ސްރީލަންކާ އަށް 1.2 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފި އެވެ.

ސްރީލަންކާގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް އެ ގައުމަށް 1.2 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ 12 މަސް ދުވަހު އެ ގައުމަށް ދިޔަ 1.1 މިލިއަން މީހުންނާ އަޅާބަލާއިރު 3.6 ޕަސެންޓް އިތުރުވުމެކެވެ.

އެ ގައުމުގެ ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ގޮސްފައިވަނީ އަވަށްޓެރި އިންޑިޔާއިންނެވެ. އެ ގައުމުން 201,900 މީހުން އެ ގައުމަށް ދިޔަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދިޔަ 200,506 މީހުންނާ އަޅާބަލާއިރު 0.7 ޕަސެންޓުގެ އިތުރުވުމެކެވެ. މި ލިސްޓުގައި ރާއްޖެ އުޅެނީ ހަތް ވަނާގަ އެވެ. މި އަހަރު ސްރީލަންކާ އަށް ދިޔަ މީހުންގެ އަދަދު ވަނީ 16 ޕަސެންޓް ދަށްވެފަ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖޭން 40,897 މީހުން ސްރީލަންކާއަށް ދިޔަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
  • ފުޒޫ

    ޗީޑި ... އަހަރެން ވ ވ ވ ފޫހިވާ ގައުމެއް ލަންކާ ގަނޑަކީ..... އަބަދުވެސް ރާއްޖެޔާ އަޅާކިޔާނީ.... މި ލަންކާ އިންޑިޔާ މީހުން ކުޑަ ކުޑަ ރާއްޖެ ރީތިވެފަ އެމީހުންގެ ގައުމު ހަޑިވީމަ ވ ވ ވ ދެރަވޭ....

    3
    2
    CLOSE

ފަހުގެ ޚަބަރު