ވިޔަފާރި

ޕާކު ހަޔަޓް ހަޑަހާ ރިސޯޓަށް އާ ވިލާތަކެއް

ޕާކު ހަޔަޓް ހަޑަހާ ރިސޯޓަށް މުޅިން އާ ވިލާތަކެއް ތައާރަފުކޮށް، ޓޫރިސްޓުންގެ ޝައުގުވެރިން އިތުރުކޮށްލައިފި އެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ރިސޯޓު ހިންގަމުން ގެންދާ ބްރޭންޑުން ބުނީ އަލަށް ތައާރަފު ކުރި ވިލާތަކާއެކު އާއިލީ ޗުއްޓީއަކަށް އެކަށީގެންވާ ދެ ކޮޓަރި އާއި ޕްރައިވެޓް ސުވިމިން ޕޫލް އިތުރުކޮށްފައިވާ ކަމަށެވެ.

ރިސޯޓު/ ހޮޓާތަކުގެ ފަރުވާ ކުރުން ތަކާ ބެހޭ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައިވާ ގޮތުގައި މި ރިސޯޓުން ތައާރަފު ކުރި ވިލާތަކުގެ ތެރޭގައި ހިމެނެނީ މަތީ ފަންތިއަށް ހާއްސަކޮށް ތައާރަފު ކުރި ޑޫލެކްސް ޕާކް ޕޫލް ވިލާ އެވެ. މިތަން ފަރުމާކޮށްފައިވަނީ ޗުއްޓީ ހޭދަކުރަން އަންނަ މެހުމާނުންނަށް އެންމެ އެކަށީގެންވާ މާހައުލު ހިމެނޭ ގޮތަށެވެ. މިގޮތުން މި ވިލާ ނަގާ މީހަކަށް މި ރިސޯޓުގެ ރީތި ދޮންވެލި ބީޗުން ވެސް އުފާ ލިބޭނެ އެވެ.

ޕާކު ހަޔަޓް ހަޑަހާ އިން ތައާރަފު ކުރި ދެ ކޮޓަރީގެ ޕާކް ބެޑްރޫމް ޕޫލްވިލާގައި ޓުއިން ބެޑެއްގެ އިތުރުން އެންމެ ފުރިހަމަ އަށް ފަރުމާކޮށްފައިވާ ފާހާނާއަކާއި އާއިލާއަށް އެކަށީގެންވާ ބޮޑު މާހައުލެއް ވެސް އޮވެ އެވެ.

ގއ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ޕާކު ހަޔަޓް ހަޑަހާ ރިސޯޓަކީ 50 ވިލާ ހުންނަ ރިސޯޓެކެވެ.