ފިނިޕޭޖް

އާ ފިލްމަށް ބަތަލެއް ހޯދަން ޕްރިޔަންކާ އިންޑިއާއަށް

ހޮލީވުޑް ފިލްމުތައް ކުޅެން ފެށި ނަމަވެސް ޕްރިޔަންކާ ޗޯޕްޅާ ހިންދީ ފިލްމުތައް ކުޅުން ދޫކޮށެއްނުލަ އެވެ.އެމެރިކަން ޓީވީ ޝޯ "ކުއަންޓިކޯ
އާ އެކު ހުޅަނގު ފިލްމީ ދާއިރާ އަށް ނިކުތް ޕްރިޔަންކާ އަންނަނީ އަހަރެއްހާ ދުވަސް ފަހުން ކުޅޭ ފުރަތަމަ ހިންދީ ފިލްމު ކުޅެން ތައްޔާރުވަމުންނެވެ.

މި ފިލްމުގެ އެންމެފަހުގެ ކަންކަން ނިންމުމަށް ޕްރިޔަންކާ ވަނީ ބުދަ ދުވަހު އިންޑިއާ އަށް އައިސްފަ އެވެ. އޭނާ މި ފަހަރު އިންޑިއާ އަށް ކުރާ ދަތުރުގައި، ދެން ކުޅެން ނިންމާފައިވާ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގުސްތާކިޔާ" ގައި އޭނާ އާއެކު ލީޑްރޯލުން ފެނިގެންދާނެ ބަތަލެއް ނިންމުމުގައި ބަންސާލީ އަށް އެހީތެރިވެދޭނެ އެވެ.

މިހާރު މި ފިލްމުގެ ލީޑްއެކްޓަރުގެ ރޯލު ކުޅެން ހުށަހަޅާފައިވާ ތަރިންގެ ތެރޭގައި އަބީޝެކް ބައްޗަން އާއި އިރްފާން ޚާން ހިމެނެ އެވެ.

ދެވަނަ ހޮލީވުޑް ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް" ގެ ޝޫޓިން ނިންމާލުމަށްފަހު ޕްރިޔަންކާ އިންޑިއާ އަށް އައިސް "ގުސްތާކިޔާ" ގެ ރޯލުތައް ކުޅޭނެ އެހެނިހެން އެކްޓަރުން ނިންމުމުގައި ވެސް ބަންސާލީ އަށް އެހީތެރިވެދޭނެ އެވެ.

މި މަހުގެ ތެރޭގައި ފިލްމުގެ ލީޑްރޯލުންނާއި މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިން ހަމަޖައްސައި ނިންމާނެ އެވެ.

ބަންސާލީ މިހާރު ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ ނޮވެމްބަރު މަހުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ޕަދްމާވަތީ" ގެ ޝޫޓިން ނިންމުމުގަ އެވެ.

"ގުސްތާކިޔާ" ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދު ތެރޭގަ އެވެ.

ޕްރިޔަންކާ ވަނީ މީގެކުރިން ބަންސާލީ އުފެއްދި ދެ ފިލްމަކުން ފެނިގެން ގޮސްފަ އެވެ. އޭއީ އޭނާ ޕްރޮޑިއުސްކުރި "މެރީކޮމް" އާއި ޑައިރެކްޓްކުރި "ބާޖީރާއޯ މަސްތާނީ" އިންނެވެ. އަދި ޕްރިޔަންކާ ވަނީ ބަންސާލީ ޑައިރެކްޓްކުރި "ރާމްލީލާ" ގެ ލަވަޔަކުން ފެނިގެން ގޮސްފަ އެވެ.

"ގުސްތާކިޔާ" އަކީ ޝާއިރީ ލިޔުންތެރިޔާ އަމްރިތާ ޕްރިތަމްގެ ހަޔާތުގެ މައްޗަށް އުފައްދާ މި ފިލްމު ބަންސާލީއާ ގުޅިގެން ޕްރޮޑިއުސްކުރަން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ޕްރިޔަންކާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި، ޕާޕްލް ޕެބްލް ޕިކްޗާސްއިން އުފެއްދި ފުރަތަމަ ފިލްމަށް ވަނީ ނެޝަނަލް އެވޯޑްގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި ބެސްޓް އެޑިޓިން އެވޯޑް އަދި ބެސްޓް ސައުންދް މިކްސިން އެވޯޑް ލިބިފަ އެވެ.

ހޮލީވުޑްގައި ދެން ޕްރިޔަންކާ ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތެރޭގައި "ކުއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ މަސައްކަތާއި ތިން ވަނަ ހޮލީވުޑް ފިލްމު "އަ ކިޑް ލައިކް ޖޭކް" ހިމެނެ އެވެ.