އޮފްބީޓް

މި އާއިލާގައި އެންމެންނަކީވެސް ޕައިލެޓުން

Aug 18, 2017
4

އެއް އާއިލާއެއްގައި އެންމެންނަކީ ޕައިލެޓުންނޭ ބުނެފިއްޔާ އެއީ ތަފާތު ހަބަރަކަށް ވާނެ އެވެ. އާއިލާއެއްގެ ހުރިހާ އެންމެންގެ ހިޔާލު އެހާ އެއްގޮތް ވެދާނެ ހެއްޔެވެ؟ އިންޑިއާގެ މި އާއިލާއަކީ އެކަހަލަ އާއިލާ އެކެވެ. މަންމަ އާއި ބައްޕަ އަދި އެ ދެ މީހުންގެ ދެ ދަރިންނަކީވެސް ޕައިލެޓުންނެވެ. ހަމަބިމަށްވުރެ ޖައްވުގެ ތެރޭގައި އެމީހުން ވަގުތު ހޭދަކުރާލެއް ގިނަ އެވެ.

ޕައިލެޓުގެ ވާހަކަ ފެށެނީ ކެޕްޓަން ޖައި ދޭވް ބާސިން އާ ހިސާބުންނެވެ. ނަވާރަ ސަތޭކަ ފަންސާސް ހަތަރު ވަނަ އަހަރު އިންޑިއާގައި ތިބި މަދު ޕައިލެޓުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އޭރު އިންޑިއާގައި ތިބީ ހަތް ޕައިލެޓުންނެވެ. ޖައި ދޭވްގެ އެ މަސައްކަތުގައި ހިފައިގެން ނުކުތީ އޭނާގެ ފިރިހެން ދަރިފުޅު ރޯހިތު އެވެ. އެއަށްފަހު ރޯހިތުގެ އަންހެނުން ނިވެދިތާ ޖައިން ވީ ވެސް ޕައިލެޓަކަށެވެ.

އުމުުރުން 20 އަހަރުގައި ފުރަތަމަ ދަތުރު ނިވިދެތާ ކުރިއިރު އޭރު އިންޑިއާގެ އެންމެ ޒުވާން އަންހެން ޕައިލެޓަކީ އޭނާ އެވެ. އެއީ ގާތްގަނޑަކަށް 1986 ހިސާބުގަ އެވެ. މިއަދު އޭނާ އާއި ޖައި ދޭވް އަށް ލިބިފައި ހުރި ދެ ދަރިންނަކީވެސް ޕައިލެޓުންނެވެ. އެއީ މިހާރު އެ އާއިލާގެ "ފެމެލީ ޓްރެޑިޝަން" އެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ނިވިދޭތާ ވަނީ ދުނިޔޭގައި އެންމެ ފުރަތަމަ ފަހަރަށް އަންހެން ކްރޫއެއްގެ ދަށުން ކުރި ފުރަތަމަ ދަތުުރުގައި ކޯ ޕައިލެޓުކަން ކޮށްފަ އެވެ. އެންމެ ފުރަތަމަ އެއާބަސް 300 އެއްގައި އޭނާ ދަތުރު ކުރިއިރު ނިވިދޭތާގެ އުމުރުން 26 އަހަރެވެ. ނިވިދޭތާ ވަނީ އެފަދަ އެތައް ކާމިޔަބީއެއް ހާސިލްކޮށްފަ އެވެ.

ދާދިފަހުން އެމީހުންގެ އަންހެން ދަރިފުޅު ނިހާރިކާ ވަނީ އެއާބަސް އޭ320 ގެ ދަތުރުތައް ކޮށްފަ އެވެ.

ރޯހަން އަދި ނިހާރިކާ ބޮޑުވަމުން އައިއިރު މައިންބަފައިންނާއެކީގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ނުލިބުނު ނަމަވެސް މައިންބަފައިންގެ އެ ޕްރޮފެޝަން ވީ އެކުދިންނަށް ވަރަށް ކަމުދިޔަ ޕްރޮފެޝަނަކަށެވެ. ރޯހަން އަކީ އޭނާގެ ބައްޕަ ޖައި ދޭވް އާ އެއްގޮތަށް ބޮއެންގް 777 ގެ ފަލައިޓު ދަތުރުތައް ކާމިޔަބު ކަމާއެކު ނިންމާލާ ޒުވާނެކެވެ.

ގިނަ ވަގުތުތައް ޖައްވުގެ ތެރޭގައި ހޭދަކުރި ނަމަވެސް ކޮންމެ މަހަކުވެސް ފަހެއް ނުވަތަ ހަ ދުވަސް އާއިލާ އާ އެކުގައި ހޭދަކޮށްލަން ލިބެ އެވެ.