ވިޔަފާރި

ދަރަނި ނެތް ކުންފުންޏަކަށް އެސްޓީއޯ ހެދުމުގެ އަމާޒު ހިފައިފި

Dec 16, 2014
0%
0%
0%

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދަރަނިން ހަލާސްކޮށްފައިވާ ކުންފުންޏަކަށް ހެދުމުގެ އަމާޒު ހިފައިފި އެވެ.

އެސްޓީއޯއިން މި އަހަރު ދެވަނަ ފަހަރަށް ތެލުގެ އަގު ހެޔޮކުރުމާއި ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި ކުންފުނީގެ ދަރަނި ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

"އަޅުގަނޑުމެން އެސްޓީއޯއާ ހަވާލުވިއިރު 160 ނޫނީ 180 މިލިއަން ޑޮލަރުގެ ދަރަނި އެސްޓީއޯގައި އޮތް. މިއަދު އެ ދަރަނި ވަނީ 144 މިލިއަނަށް ތިރި ކުރެވިފައި. އަޅުގަނޑުމެން ގަސްތުކުރަނީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ދަރަނި ހަލާސް ކުރަން. ދަރަނި ހަލާސް ކުރުމަށްޓަކައި ވަކި މާޖިންތަކެއް ހިފަހައްޓައިގެން ކުރިއަށް މި ދާން ޖެހެނީ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއަކީ 2008 ވަނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ބޭންކުގައި ކޭޝް ހުރި ކުންފުންޏެއް ކަމަށެވެ.

"އަޅުގަނޑު އޮކްޓޫބަރު މަހު ހަވާލުވިރު މި ކުންފުންޏަކީ ގެއްލުން ވަމުންދާ ކުންފުންޏެއް. ހަމަ އެ އަގުތަކުގައި ބަހައްޓައިގެން ކުރިއަށް ދިޔައީ،" އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ދަނީ އެ ކުންފުނީގެ ދަރަނި ކުޑަކޮށް ގިނަ ކުރިއެރުން ތަކެއް ހޯދަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން މި އަހަރުގެ ތިންވަނަ ކުއާޓާގައި އެ ކުންފުންޏަށް ޖުމްލަ ފައިދާގެ ގޮތުގައި 325 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910