ދިރާގުން ޖޯއީބޮކްސް މެދުވެރިކޮށްދޭ "ދިރާގު ޓީވީ" ގެ ހިދުމަތަށް މުޅިން އާ ފަސް ޗެނަލް މިއަދު ތައާރަފުކޮށްފި އެވެ.
ދިރާގު ޓީވީގައި މިހާރު ވެސް މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ސޮނީ އީއެސްޕީއެން، ޓެން ސްޕޯޓްސް އާއި ބީބީސީ އާތު ހިމެނެ އެވެ. މި ޗެނަލްތަކާ ބެހޭ ގޮތުން، ޑިރެކްޓަ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫނު ވިދާޅުވީ އާ ޗެނަލް ތަކެއް ކުންފުނީގެ ކަސްޓަމަރުންނަށް ގެނެސްދެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.
"އާ ޗެނަލްތައް ތައާރަފުކުރާއިރު އެންމެ ބޮޑު ޝުކުރެއް ދަންނަވާލަން ބޭނުންވަނީ ކަސްޓަމަރުންނަށް. މި ހިދުމަތަށް ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބަށް. ވަރަށް ބޮޑު ތަރުހީބެއް މި ހިދުމަތަށް ލިބިގެންދޭ،" މައުމޫނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ސިންގަޕޫރުގެ އޭއެންއީ ކުންފުނީގެ އެމްޑީ ވިދާޅުވީ 200 ގައުމުގައި މި ޗެނަލްތައް ބަލާއިރު ދިރާގާއި ގުޅިގެން މި ޗެނަލްތައް ރާއްޖެއަށް ގެނެވުމަކީ އެ ކުންފުންޏަށް ވެސް ލިބޭ ފަހުރެއް ކަމަށެވެ.
"މިޗެނަލްތަކަކީ ދުނިޔޭގެ އެކި އެވޯޑުތަކަށް ނޮމިނޭޓްވެފައިވާ ޗެނަލްތަކެއް. މީގެތެރޭގައި ހަތަރު އެކެޑަމީ އެވޯޑު ލިބުން ފާހަގަ ކުރެވޭ،" އެމްޑީ ވިދާޅުވި އެވެ.
އޭއެންއީ ޗެނަލްއާ ގުޅިގެން ތައާރަފުކުރި ފަސް ޗެނަލްގެ ތެރޭގައި މުނިފޫހި ފިލުވުމުގެ އެކި މައުލޫމާތުތައް ހިމެނޭ ޗެނަލްތައް ހިމެނެ އެވެ. އެ ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ ހިސްޓްރީ ޗެނަލްއަކާއި ލައިފްޓައިމް އަދި އެފްވީއައިގެ ނަމުގައި ތައާރަފުކުރި ޗެނަލެއްގެ އިތުރުން އެޗްޓޫ ޗެނަލާއި ކްރައިމް އިންވެސްޓިގޭޝަން ޗެނަލެކެވެ. މި ޗެނަލްތަކަކީ މިހާރު ރާއްޖޭގައި އާއްމުކޮށް ފެންނަ ޗެނަލްތަކާ ހިލާފަށް ގިނަ ބަޔަކު ބަލާ ޗެނަލްތަކެވެ. މި ޗެނަލްތަކަށް މަހަކު 80 މިލިއަން ވިއުސް ލިބޭ ކަމަށްވެ އެވެ.
ދިރާގު ޓީވީގައި މިހާރު ވެސް މަޝްހޫރު ގިނަ ޗެނަލްތަކެއް ހިމެނެ އެވެ. މި ޗެނަލްތަކުގެ ތެރޭގައި އޭއެކްސްއެން، ސޮނީ އީއެސްޕީއެން، ޓެން ސްޕޯޓްސް އާއި ބީބީސީ އާތު ހިމެނެ އެވެ. މީގެ ރާއްޖޭގެ ހުރިހާ ޗެނެލް ތަކެއް ވެސް ފެނެއެވެ.