ވިޔަފާރި

އެސްޓީއޯ ސުޕަމާޓުގައި ދިވެހި ކޯނަރެއް!

Aug 21, 2017

އެސްޓީއޯ ސުޕަމާޓުގައި ދިވެހި އުފެއްދުންތަކަށް ހާއްސަ ކޯނަރެއް ހަދައިފި އެވެ.

މިއަދު އެސްޓީއޯ ސުޕަމާޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯނަރު ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރު އެވެ. އެސްޓީއޯ އިން ބުނީ އެފަދަ ކޯނަރެއް ހުޅުވީ ދިވެހި އުފެއްދުންތަކަށް ފުރުސަތު ދީ، އާންމުންނަށް އެއް ތަނަކުން ފަސޭހައިން ދިވެހި އުފެއްދުންތައް ލިބޭނެ ގޮތް ހަދައިދިނުމަށެވެ.

އެ ކޯނަރުގެ ސަބަބުން ދިވެހި އުފެއްދުންތަކަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯ ސުޕަމާޓަކީ ދިވެހިންގެ އިތުރުން ފަތުރުވެރިން ގިނަ އަދަދަކަށް ޒިޔާރަތްކޮށް، ވިޔަފާރިކުރާ ތަނެކެވެ. މި ކޯނާގެ ސަބަބުން ރާއްޖެއިން ބޭރުގައި ދިވެހިންގެ އުފެއްދުންތައް އިޝްތިހާރުވުމުގެ ފުރުސަތު ހުޅުވޭނެ އެވެ.

ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ސުޕަމާޓަކީ އެސްޓީއޯ ސުޕަމާޓެވެ.