ވިޔަފާރި

ގިލި ލަންކަންފުއްޓަށް އާ ޖެނެރަލް މެނޭޖަރެއް

ފަސްތަރީގެ ރިސޯޓެއް ކަމަށްވާ ގިލި ލަންކަންފުށްޓަށް އާ ޖެނެރަލް މެނޭޖަރެއް ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ އައިޓީސީއެމްގައިވާ ގޮތުން ގިލިލަންކަންފުށީގެ އާ ޖީއެމްއަކަށް ހަމަޖައްސާފައިވަނީ ޓޫރިޒަމް ދާއިރާގައި ގިނަ ހިދުމަތްކެއް ކުރައްވާފައިވާ ޑޭވިޓް ސްޓެޕްޓިކް އެވެ.

ޖީއެމްގެ މަގާމަށް ހަމަޖެއްސި ޑޭވިޑް ކުރިން މަސައްކަތް ކުރައްވަމުން ގެންދެވީ ޖުމެއިރާ ދެވަނަފުށީގަ އެވެ. އެ ރިސޯޓުގައި ތިން އަހަރު މަސައްކަތް ކުރެއްވާފައިވެ އެވެ. މީގެ އިތުރުން ޑޭވިޑްވަނީ ފިޖީގެ ރިސޯޓެއް ކަމަށްވާ ލެއުކޭލާ އައިލެންޑް ރިސޯޓުގެ ޖީއެމްގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ޑޭވިޑް ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރައްވާތާ 25 އަހަރުވެއްޖެ އެވެ.

މާލެ އަތޮޅުގައި ހިންގަމުން ގެންދާ ގިލި ލަންކަންފުއްޓަކީ 45 މޫދު ވިލާ ހިމެނޭ މަތީ ފަންތީގެ ރިސޯޓެކެވެ.