ބޮލީވުޑް

ސްޓާ ޑަސްޓްގެ މޮޅު ފިލްމަކަށް

ބޮލީވުޑްގެ އެވޯޑް ސީޒަން މި ވަނީ ސްޓާޑަސްޓް އެވޯޑާ އެކު ފެށިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ނިމިގެން ދިޔަ މި އެވޯޑަކީ އަލަށް ބޮލީވުޑަށް ތަޢާރަފްވާ ފަރާތްތަކަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. 

މިއަހަރުގެ ފުރަތަމަ އެވޯޑް ހަފްލާކަމުން ބޮލީވުޑްގެ އެތައް ފުންނާބު އުސް ތަރިންނެއްވަނީ މި ހަފްލާގައި ބައިވެރިވެފައެވެ.

މި ހަފްލާގައި އެންމެ މޮޅު ފިލްމަކަށް ހޮވިގެން ދިޔައީ "ކުއީން" އެވެ. އެންމެ މޮޅު އެކްޓްރެސްއަކަށް މި ފިލްމުން ކަންގަނާ ރަނައުތު ހޮވިގެން ދިޔައިރު އެންމެ މޮޅު ޑައިރެކްޓަރުގެ ޓްރޮފީވެސް ހިއްލާލީ މި ފިލްމުގެ ޑައިރެކްޓަރު ވިކާޝް ބަލްއެވެ. ވިކާޝް އާއި އެކު ފިލްމު "ހައިވޭ" ގެ ޑައިރެކްޓަރު އިމްތިއާޒް އަލީ ވެސް ވަނީ އެންމެ މޮޅު ޑައިރެކްޓަރުގެ މަގާމް ހޯދާފައެވެ. އަދި "ހައިވޭ"ގައި މޮޅު ހުނަރެއް ދައްކުވައިދިން ރަންދީޕް ހޫދާ އަށް އެންމެ މޮޅު އެކްޓަރުގެ މަގާމް ލިބިގެންދިޔައިރު ހަމަ އެފިލްމުން އާދަޔާ ޚިލާފު އެކްޓިންނެއް ދައްކުވައިދީގެން އާލިއާ ބަޓްވަނީ ސުޕާސްޓާރ އޮފް ޓުމޯރޯގެ މަގާމް ހޯދާފައެވެ. މި އެވޯޑް ލިބުނު އެކްޓަރަކީ ފިލްމު "ހީރޯޕަންތީ" އިން ފިލްމީ ދާއިރާއަށް ތަޢާރަފްވި ޓައިގަރ ޝްރޮފްއެވެ.

ފިލްމު އޮފް ދަ އިޔާރގެ މަގާމު "ހެޕީ ނިއު އިޔާ" ހޯދިއިރު ޑްރީމް ޑައިރެކްޓަރުގެ އެވޯޑް ލިބުނީ އެފިލްމުން ފަރާހް ޙާންއަށެވެ. އެކި ކެޓަގަރީ ތަކުން އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސް ހޮވާފައިވަނީ މި ހަފްލާއިން ޑްރާމާ ކެޓަގަރީން އެންމެ މޮޅު އެކްޓަރަކަށް ހުވުނީ ފިލްމު "ހައިދަރު" އިން ޝާޚިދު ކަޕޫރުއެވެ. އަދި "މެރީކޮމް" އިން ޕްރިޔާންކާ ޗޯޕްރާއެވެ. ތްރީލާ އަދި އެކްޝަން ކެޓަގަރީން އެންމެ މޮޅު އެކްޓަރަކަށް "ހެޕީ ނިއު އިޔާރ" އިން ޝާޚްއަށް ލިބުނު އިރު އެންމެ މޮޅު އެކްޓްރެސްގެ މަގާމް ހޯދީ ފިލްމު "މަރްދާނީ" އިން ރާނީ މުކަރްޖީއެވެ. ރޮމޭންސް އަދި ކޮމެޑީ ކެޓަގަރީން އެންމެ މޮޅު އެކްޓަރުގެ މަގާމް ލިބިފައިވަނީ "ހަމްޓީ ޝަރްމާކީ ދުލްހަނިޔާ" އިން ވަރުން ދަވަން އަށެވެ.

އެ ކެޓަގަރީން އެކްޓްރެސްގެ މަގާމް ލިބިފައިވަނީ ފިލްމު "ހޫބްސޫރަތް" އިން ސޯނަމް ކަޕޫރަށެވެ.

މިހަފްލާގައި ސުޕާ ސްޓާރ އޮފް ދަ އިޔަރގެ މަގާމް ލިބިގެންދިޔައީ ކުރީ އަހަރެކޭވެސް އެއްފަދައިން ދީޕިކާ ޕަޑުކޯންއަށެވެ. މި އެވޯޑް ހަފްލާ ކަލާސް ޓީވީ ޗެނަލުން ބްރޯޑްކާސްޓް ކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުއެވެ.