ރައްޔިތުންގެ މަޖިލިސް

ގަވަރުނަރު ކަމަށް އައްޔަން ކުރާ ނަސީރަށް ރުހުން ދީފި

Aug 24, 2017
3

އިހުތިޖާޖުތަކުގެ ތެރޭގައި ސިފައިންގެ ސެކިއުރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދުވެސް ކުރިޔަށް ގެންގޮސް އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރައްވާ އަހުމަދު ނަސީރަށް ރުހުން ދީފި އެވެ. ނަސީރަށް ރުހުން އޮތް ކަމަށް 33 މެންބަރަކު ވޯޓް ދެއްވި އެވެ.

އާދަވެ މަޖިލިސް ނޯންނަ ދުވަހެއްގައި ކުރާ މިއަދުގެ ޖަލްސާއަކީ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ އެވެ. މިއަދުގެ ޖަލްސާއަށް ފަހު މެންބަރުން އެއްމަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގަންނަވާނެ އެވެ.

ސިފައިންގެ އެހީގައި މިއަދު ޖަލްސާ ކުރިޔަށް ދިޔައިރު ރިޔާސަތުގެ ވަށައިގެން ސިފައިން ތިބިއިރު ދެފަރާތުގެ މްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ވަނީ ހިންގައިފަ އެވެ. އަދި މަޖިލީހުގެ ޖަލްސާއަށްފަހު ވެސް މަޖިލީހުގެ އިދާރާގެ ތެރޭގައި ޒުވާބުކޮށް އެއްބަޔަކު އަނެއް ބަޔަކަށް ވަނީ ހުތުރު ބަސްތަކުން މުހާތަބުކޮށްފަ އެވެ.

މިއަދުގެ ޖަލްސާ ނިންމާލައްވަމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ކުރިމަތި ކުރުވާ ބިރަކަށް އަދި ދައްކާ ނުފޫޒުކަށް ޖެހިލުންވެ ފަސް ޖެހި ވަޑައި ނުގަންނަވާނެ ކަމަށާއި ދިމާވާ މައްސަލަަކާއި ކެރިގެން ކުރިމަތިލަވައިގެން ހުންނަވާނެ ކަމަށެވެ.