ވިޔަފާރި

ދިރާގުން "ކޮބާކަލޯ"؟

އުފެއްދުންތެރި ހިޔާލުތައް އުފަން ކުރުމުގައި ދިރާގުން ކުރި ހޯދި އެވެ. އުންމީދީ ތަފާތު ކެޕޭނުތައް ބޭއްވީ ތަފާތު ގޮތަކަށެވެ. އާ ހިޔާލުތަކާއެކުގަ އެވެ. އެންމެ ފަހުން ފެނިގެން ދިޔައީ، މާލޭގެ އެކި ހިސާބުތަކުގައި ބަހައްޓާފައި ހުރި ކުޑަތަކެކެވެ. ފަހުން އެނގުނީ ދިރާގުގެ ކުލަ ބަދަލު ކުރިކަމެވެ.

މި ފަހަރު އަނެއްކާ ވެސް ދިރާގުން މި ވަނީ މުޅިންއާ ކަމެއް ފަށަން ތައްޔާރުވެފަ އެވެ. ނުވަތަ އާ ޕްރޮޑަކްޓެއް ގެންނަން "ހައިޕް" އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ. މި ފަހަރުގެ އަންނަނީ " #ކޮބާ ކަލޯ" އެވެ. މި ކަލޯގެއްގެ ވާހަކަ މިހާރު ސޯޝަލް މީޑިޔާގައި އެބަ ދައްކަ އެވެ. ފޭސްބުކްގެ ގިނަ މީހުންގެ ފާރުތަކުގައި މުޅިން ވެސް ތަތް ކޮށްފައި މިހާރު ހުރީ މި ކަލޯގެ ވާހަކަ އެވެ. މިއީ ކޮން ކަމެއް ހެއްޔެވެ؟

ހަމަ ޔަގީނުން ވެސް އެނގޭ އެއްޗަކީ ދިރާގުން ގެންނަ ކޮންމެ އުފެއްދުމެއްގެ ބޭނުން ވެސް ބޮޑުވާނެ ކަމެވެ. ޒުވާނުންނާ ގުޅުން ހުރި އެއްޗެއް ނޫނީ ރާއްޖެ އަށް ދޫކޮށްނުލާނެކަން ޒުވާނުން ދަނެ އެވެ. އެހެންވެ މި ފަހަރު ވެސް އުންމީދު ކުރެވެނީ އެގޮތަށެވެ. ބައެއް މީހުން ބުނާ ގޮތުގައި މިފަހަރު ވެސް ވާނީ އެ ފަދަ މުހިންމު ކަމަކަށެވެ. ފަހަރުގައި މިއީ ގޭމަކަށް ވެސް ވެދާނެ އެވެ. ނޫނީ މިއީ އާ އުފެއްދުމެއް ލޯންޗް ކުރުމަށް ވެސް ދެވާނެ އެވެ.

ކޮންމެއަކަސް މި ކަލޯ އަކަށް ވާނެ ގޮތެއް އެނގޭނީ އަދި ތަންކޮޅެއް ފަހުންނެވެ. މިކަން އެނގޭނީ ތަންކޮޅެއެއް ފަހުންނެވެ.