ވިޔަފާރި

އަވާނީ އިން ރާއްޖޭގައި 70 މިލިއަން ޑޮލަރުގެ ރިސޯޓެއް

އަވާނީ ހޮޓެލްސްއިން ރާއްޖޭގައި 70 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ރިސޯޓެއް ތަރައްގީ ކުރަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓުތަކުގައިވާ ގޮތުން، މިހާރުވެސް ރާއްޖޭގައި ރިސޯޓު ހިންގާ ތައިލެންޑްގެ މައިނާ ހޮޓެލްސްގެ ސަބްސިޑަރީއެއް ކަމަށްވާ އަވާނީ ހޮޓެލްސްއިން ރިސޯޓު ތަރައްގީ ކުރަނީ ބ. ފަރެސްގަ އެވެ.

ދެހާސް ނަވާރަ ވަނަ އަހަރު ހުޅުވަން މަސައްކަތް ކުރަމުން ގެންދާ "އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓް" ގައި 200 ކޮޓަރި ހުންނާނެ އެވެ.

އަވާނީ ހޮޓެލްސްގެ ގްރޫޕް ޑިރެކްޓަރު އަލެޖެންދްރޯ ބާނަބޭ ވިދާޅުވެފައިވާ ގޮތުގައި މި ރިސޯޓުގައި ޓޫރިސްޓުންނަށް އަރާމު ހިތްހަމަ ޖެހޭ މާހައުލެއް އޮންނާނެ އެވެ.

އަވާނީ ހޮޓެލްސްގެ ބްރޭންޑެއް ކަމަށްވާ "އަންނަތާރާ" ގެ ތިން ރިސޯޓެއް މިހާރު ވެސް ދަނީ ހިންގަމުންނެވެ.