އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައިވާ ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގެ ބޭރުގައި ވަރަށް ބޮޑު ވަޅިއެއް ހިފައިގެ އުޅުނު މީހަކު ހަައްޔަރުކޮށްފިއެވެ.
އިނގިރޭސި ފުލުހުންނާ ހަވާލާދީ ދަ ގާޑިއަން ނޫހުން ބުނީ ހުކުރު ދުވަހުގެ ރޭ ހިނގި ހާދިސާގައި ވަޅިއެއް ހިފައިގެން އުޅުނު މީހާ ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުންގެ ދެ މީހަކަށް ކުދި ކުދި ޒަހަމްތަކެއް ލިބުނު ކަމަށެވެ. އަދި ބުނީ ވަޅި ހިފައިގެން އުޅުނު މީހާ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ވެސް އަނިޔާވި ކަމަށެވެ.
ހާދިސާގައި އަނިޔާވި ދެ ފުލުހުންނަށް ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. ވަޅި ހިފައިގެން އުޅުނު މީހާ ވަނީ ތަހުގީގަށް ބަންދުކޮށްފަ އެވެ.
މަންްޒަރު ދުށް މީހުންނާ ހަވާލާދީ ބީބީސީ ބުނީ ބަކިންހަމް ޕެލަސްގެ ބޭރުގައިވާ ވެހިކަލް މަޑު ކުރުން މަނާ ސަރަހައްދަކަށް މަޑުކުރި ކާރެއްގައި އިން އެމީހާ ގެންގުޅުނީ ކަނޑިއެއް ކަމަށެވެ. އަދި ބުނީ އެ ހަތިޔާރު އޭނާގެ ކާރުގައި ބާއްވާފައި އޮތީ ފެންނަ ގޮތަށް ކަމަށެވެ.
ހާދިސާއަށް ފަހު ބަކިން ހަމްޕެލަސްގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން އަދިވެސް ދަނީ ފޯރި މަރަމުންނެވެ.